މަސްވެރިކަމާއި ގުޅޭ

PXDRJUCV2QGPCIV3XO365DLOPY

ޔޫއޭ.އީގައި މިޔަރާއި މަޑީގެ މަސްވެރިކަންކުރުން ވަގުތީގޮތުން މަނާކޮށްފި

މިދުވަސްވަރަކީ މިޔަރާއި މަޑި ވިހާ އަލާވާ ދުވަސްވަރުކަމުން އޭގެ މަސްވެރިކަންކުރުން ޔޫ.އޭ.އީގައި މަނާކޮށްފިއެވެ.

ޔޫ.އޭ.އީގައި މިޔަރާއި މަޑީގެ މަސްވެރިކަން ކުރުން މަނާކޮށްފައިވަނީ 4 މަސްދުވަހުގެ މުއްދަތަކަށެވެ. ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރު އެޤައުމުގައި މި ފިޔަވަޅު އަޅައެވެ.

ޔޫ.އޭ.އީގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖު އެންޑު އެންވަޔަރަމެންޓު އިން ހާމަކުރާގޮތުގައި މިގޮތަށް މިބާވަތްތަކުގެ މަސްވެރިކަމާއި، ވިޔަފާރިކުރުން މަނާކުރަނީ އޭގެ އާބާދީ ދެމެހެއްޓެނިިވިގޮތެއްގައި ދެމިގެންދާނެގޮތެއް ފަހިކޮށްދިނުމަށްކަމަށެވެ.

ޔޫ.އޭ.އޭއަށް މި މުއްދަތުގައި މިޔަރު އުރަހަ އެތެރެކުރުމާއި ރި- އެކްސްޕޯޓުކުރުންވެސް ވަނީ މަނާކޮށްފައެވެ. މިޔަރު އުރަހައިގެ އިތުރުން ގަނޑުކުރި މިޔަރާއި، ހިއްކި މިޔަރު، ލޮނުލީ މިޔަރު މަސް، އަދި ދަޅުގައި ބަންދުކޮށްފައިވާ މިޔަރުގެ މަސްވެސް މަނާވާނެއެވެ.

ޔޫ.އޭ.އީގައި މި ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ2014ގައެވެ. އަދި މިހާ ހިސާބަށް އައި އިރު މި ގަވާއިދާއި އެކު މިޔަރުގެ އާބާދީއަށް އެކަށީގެންވާ ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ކަމށާއި ގުޅޭ މާހިރުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!