މަސްވެރިކަމާއި ގުޅޭ

Marine research

މިނިސްޓްރީގެ ހުއްދަ ލިބުމުގެ ކުރިން ކަނޑުގެ ދިރާސާތައް ނުފެށުމަށް އެދިއްޖެ

ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ލިބުމުގެ ކުރިން ކަނޑުގެ ދިރާސާތައް ނުފެށުމަށް އެ މިނިސްޓްރީން އެދިއްޖެއެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ޤުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާބެހޭ ގަވާއިދާ ޚިލާފަށް، އެ މިނިސްޓްރީން ހުއްދަ ހޯދުމެއް ނެތި، ބައެއް ފަރާތްތަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާތަކާއި މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާތައް ކުރަމުން ދާކަން އެ މިނިސްޓްރީއަށް ފާހަގަވެފައި ވާކަމަށެވެ،

"ދިރާސާކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމަށްފަހު، މިނިސްޓްރީން ހުއްދަ ލިބުމުގެ ކުރިން ބައެއް ފަރާތްތަކުން ދިރާސާ ގެ މަސައްކަތްތައް ފަށައި ކުރިއަށް ގެންދާކަންވެސް މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައި" މިނިސްޓްރީގެ އިއުުލާނުގައިވެއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާތަކާއި މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކުން، އެދިރާސާއެއް ކުރަން ފަށަން ގަސްތުކުރާ ތާރީޚުގެ މަދުވެގެން ދެ މަސްދުވަހުގެ ކުރިން ދިރާސާކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށާއި އަދި ޞައްޙަ ހުއްދައެއް ނެތި އެފަދަ ދިރާސާއެއް ނުވަތަ ތަހުލީލެއް ކުރުމަކީ މަނާކަމެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާއެއް ނުވަތަ މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާއެއް ކުރުމުގެ ކުރިން މިނިސްޓްރީން ކަނޑައަޅައިފައިވާ ގޮތުގެ މަތީން، މިނިސްޓްރީގެ ރިސަރޗް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!