މަސްވެރިކަމާއި ގުޅޭ

ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް: އައްސިދަ

ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް ކަމުގައިވާ "އައްސިދަ" ނަކަތަކީ މިއަދުން ފެށިގެން، އަންނަ މަހުގެ 21  ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ.

ނަކަތް ފެށޭއިރު ކޮޅިގަނޑު އައި ނަމަވެސް އޭގެ ފަހުން މި ނަކަތުގައި ހޫނު ގަދަ ވާނެއެވެ.

މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 7 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 12.96 ކިލޯމީޓަރެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ. މި ނަކަތުގައި އާއްމުކޮށް ބޭނޭނީ މިޔަރެވެ.

18 ނަކަތް ހިމެނޭ ހުޅަގު މޫސުން ފެށުނު އިރު، ނިމި ދިޔައީ އިރުވައި މޫސުމެވެ. އިރުވައި މޫސުން ނިމުނީ 'ރޭވަ' ނަކަތުންނެވެ. އިރުވައި މޫސުމުގައި ހިމެނުނީ ޖުމުލަ ނުވަ ނަކަތެވެ.

ހުޅަނގު މޫސުމުގެ ނަކަތް ތަކަކީ:

  1. އައްސިދަ
  2. ބުރުނު
  3. ކެތި
  4. ރޯނު
  5. މިއަހެލި
  6. އަދަ
  7. ފުނޯސް
  8. ފުސް
  9. އަހުލިހަ
  10. މާ
  11. ފުރަ
  12. އުތުރަ
  13. އަތަ
  14. ހިތަ
  15. ހެއި
  16. ވިހާ
  17. ނޮރަ
  18. ދޮށަ މިއެވެ.
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!