މަސްވެރިކަމާއި ގުޅޭ

ފަރެސްމާތޮޑާ
ފަރެސްމާތޮޑާ

ރައީސްގެ ސިޓީފުޅުގެ ސަބަބުން ދިވެހި މަސްވެރިންނަށް އިޔާދަ ނުކުރެވޭ ގެއްލުމެއް ލިބޭނެ: ގދ އަތޮޅު ކައުންސިލް

ރައީސްގެ ސިޓީފުޅުގެ ސަބަބުން ދިވެހި މަސްވެރިންނަށް އިޔާދަ ނުކުރެވޭ ގެއްލުމެއް ލިބޭނެ ގދ އަތޮޅު ކައުންސިލުން ބުނެފިއެވެ.

ޗާގޯސް މައްސަލައިގައި ގދ. އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ދެކުނުން ފޯޅަވަހި ހިމެނޭ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ގާނޫނުގައިވާ ގޮތުގެ މަތިން 200 ނޯޓިކަލް މޭލު ކަމުގައި ވާއިރު އެގޮތަށް އެކަން ބޭއްވުމަށް ރާއްޖެއިން ވަކާލާތު ކޮށްފައި ނުވާކަމަށެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނުނުގައި ބަޔާންކުރާ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ދެކުނުން ފޯޅަވަހީގެ އުތުރުން އޮންނަ ސަރަހައްދުން 45331 އަކަިލޯމީޓަރު ގެއްލޭގޮތަށް އިޓްލޮސްއިން ކުރި ހުކުމުގެ ސަބަބުން މުޅި ދައުލަތަށާއި ރައްޔިތުންނަށް އަދި ހާއްސަކޮށް މަސްވެރިންނަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިފައި ވާކަމަށް އެ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހިންނަކީ ދޮށީގެ މަސްވެރިކަން ކުރުމަށް ނަމޫނާ ބައެއް ކަމަށާއި މޮރިޝަސްއަކީ އެއްވެސް ވަރަކަށް އެ ސަރަހައްދުން މަސްވެރިކަން ކުރާ ބައެއް ނޫން ކަމަށާއި އެމީހުންނަކީ ދާ އަޅައިގެން މަސް ހިފުމަށް ލައިސަންސް ދޫކުރާ ބައެއް ކަމަށް ގދ. އަތޮޅު ކައުންސިލުން ބުންޏެވެ.

އެހެންކަމުން އެ ސަރަހައްދުން ދާ އަޅައިގެން މަސްވެރިކަން ކުރާ ނަމަ ރާއްޖޭގެ ދޮށީގެ މަސްވެރިކަމަށް އެކަމުން ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ގދ. އަތޮޅު ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން އެ ކައުންސިލުން ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައި ކެނޑިނޭޅި މަސައްކަތް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!