މަސްވެރިކަމާއި ގުޅޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ބޮޑުކޮށްދޭނެކަމަށް ރައީސް ވިދާޅުވެއްޖެ

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ބޮޑުކޮށްދޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވީ ގަން އެއާޕޯޓް ތަރައްގީ ކުރަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދެކުނު އަދި އައްޑޫގެ ބޮޑުކަންނެލި އެކްސްޕޯޓް ކުރުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ގަން އެއަރޕޯޓުން ލިބޭނެ ބޮޑެތި މަންފާތަކެއް ވާކަމަށެވެ.

އެއީ، ތަރައްޤީ ކުރެވެމުންދާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި، އެ އެއަރޕޯޓްގެ ކޯލްޑް ސްޓޯރޭޖާއި، ކާގޯ ފެސިލިޓީގެ ޚިދުމަތް. އެއީ، ޚަރަދުކުޑަވެ، މަގުކުރުވެ، މަސައްކަތުގެ ރަނގަޅު އަގު އަވަހަށް ލިބޭނެ ޙައްލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ، 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް، އަންނަ ޖުލައި މަހު މިފްކޯއިން ފަށާނެ. އަދި އޮގަސްޓު މަހުގެ ތެރޭގައި، މިފްކޯގެ މަސް ބަނދަރު ބޭނުންކުރަން ފެށޭވަރަށް ތަރައްޤީކޮށް ނިމޭނެ." ރައީސް ވިދާޅުވިއެވެ.

އެ ފެކްޓަރީގައި 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓިއަކާ އެކު ދުވާލަކު 100 ޓަނުގެ މަސް ގަނޑު ކުރެވެ އެވެ. އެ ތަނުގައި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެ ކޮމްޕްލެކްސްގައި އެއް ފަހަރާ ރައްކާ ކުރެވޭނެ ވަސީލްތައް ހަދާފައި ހުރެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!