މަސްވެރިކަމާއި ގުޅޭ

ރ. އިނގުރައިދޫ -- (ފޮޓޯ/އިނގުރައިދޫ ކައުންސިލް)
ރ. އިނގުރައިދޫ -- (ފޮޓޯ/އިނގުރައިދޫ ކައުންސިލް)

އިނގުރައިދޫ މަސްކަޑަ ހަދަން ބީލަމަށް ހުޅުވާލައިފި

ރ. އިނގުރައިދޫގައި ކަސްކަޑައެއް ހަދަން ބީލަމަށް ހުޅުވާލައިފިއެވެ.

އިނގުރައިދޫ ކައުންސިލުން ބުނީ، މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް އެ އިދަރާގައި ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.

ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 24 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުމަށް އިނގުރައިދޫ ކައުންސިލުން ވަނީ އެދިފައެވެ.

މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 25 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 10:30ގެ އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ. އަދި ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 31 ޖުލައި 2023 ވާ ހޯމަދުވަހުގެ 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!