މަސްވެރިކަމާއި ގުޅޭ

ސާފީނާ ދޯނި

މަސްވެރިކަމުގައި ބިދޭސީންނަށް ހަރަކާތްތެރި ވެވޭނެ މިންވަރު އެނގޭތަ؟

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގަވާއިދުތަކާ ގުޅޭ އަތްމަތީ ފޮތުގައި ވާގޮތުން، މަސްވެރިކަމުގައި ބިދޭސީންނަށް ހަރަކާތްތެރި ވެވޭނީ ހަމައެކަނި މިނިސްޓްރީން ދޫކޮށްފައިވާ ސައްހަ ލައިސަންސެއް އޮތް ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އުޅަނދުފަހަރަށެވެ.

އެގޮތުން އެފަދަ އުޅަނދެއް15 މީޓަރަށްވުރެ ކުޑަ ނަމަ، އެ އުޅަނދެއްގައި ގެންގުޅެވޭނީ ގިނަވެގެން ހަތަރު ބިދޭސީންނެވެ. އަދި15 މީޓަރާއި24 މީޓަރާ ދެމެދުގެ އުޅަނދެއް ނަމަ ގިނަވެގެން ހަ ބިދޭސީން ގެންގުޅެވޭއިރު،24 މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރުގައި ގެންގުޅެވޭނީ ގިނަވެގެން އަށް ބިދޭސީންނެވެ.

އުޅަނދުފަހަރުގައި ބިދޭސީން ގެންގުޅެވޭނީ އެކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިނ، އެ އުޅަނދެއްގައި އެ މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ވޯކްޕާމިޓް ކޮންމެ ބިދޭސީއަކަށް ލިބިފައި ވާނަމައެވެ.

ދިވެހިރާއްޖޭގެ މަސްދޯނިފަހަރުގައި ދެ ބިދޭސީންނަށްވުރެ ގިނައިން ގެންގުޅެވޭގޮތަށް ގަވާއިދު އިސްލާހު ކޮށްފައި ވަނީ މިިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.

މަސް ދޯނިފަހަރުގައި ގިނަ ބިދޭސީން ގެންގުޅެވޭ ގޮތަށް ގަވާއިދު އިސްލާހު ކުރުމުގެ ބައެއް ސަބަބު ތަކުގެ ތެރޭގައި، އެކަށީގެންވާ ވަރަށް މަހަށް ދާން ދިވެހިން ނުލިބުމާއި ބައެއް ރަށްރަށުގައި އާބާދީއަށްވުރެ ދޯނި ފަހަރު ގިނަވުން ފަދަ ކަންކަން ހިމެނެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!