މަސްވެރިކަމާއި ގުޅޭ

މަސްވެރިއަކު ރަތް މަހެއް ނަގައިގެން - ފޮޓޯ: އައްޑޫ ސްޕޯޓްސް ފިޝިންގ

ރަތްމަހުގެ އާއިލާއަށް ނިސްބަތްވާ ބާވަތްތައް

ދިވެހިރާއްޖޭގެ ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގައި ވާގޮތުން، ރަތްމަހުގެ އާއިލާ (ލުޓްޖަނިއޭ) އަށް ނިސްބަތްވާ ބާވަތްތަކަށް، ތިލަ ފަރުތަކުގައްޔާއި މެދުމިންވަރަކަށް ފުން ހިސާބުތަކުގައިވެސް އުޅޭ ބާވަތްތަކެވެ.

މީގެ ތެރެއިން ގިނަ ބާވަތްތަކަކީ އުމުރުގެ ކުރީކޮޅު ގޮނޑުދޮށާއި ކައިރި ފަރުތަކާއި އެހެނިހެން މާހައުލުތަކުގައި އުޅޭ ބާވަތްތަކެވެ.

ޖުމުލަ ގޮތެއްގައި ބަލާއިރު ރަތްމަހުގެ ބާވަތްތަކަކީ ލަހުން ބޮޑުވާ، އަދި ނިސްބަތުން ލަހުން ފުރާވަރަށް އަރާ ބާވަތްތަކެކެވެ. ބައެއް ބާވަތުގެ ފާނައެކޭ އެއްފަދައިން، ރަތްމަހުގެ ބައެއް ބާވަތްތައްވެސް ބިސް ދޫކުރުމަށްޓަކައި އެއް ސަރަަހައްދަކަށް ޖަމާވެއެވެ.

ރަތްމަހުގެ ބާވަތްތައް އާއްމުކޮށް ކައިއުޅެނީ ފަރުތަކުގައި އުޅޭ މައިކަށި ނުހުންނަ ބާވަތްތަކާއި، މަސް އަދި އޮޔާއެކު ދަތުރުކުރާ ކުދި ސޫތްޕެވެ.

ރަތްމަހުގެ އާއިލާއަކީ ފަރުމަހުގެ ދިރުންތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ފަރުމަހުގެ މަސްވެރިކަމުގައި އަމާޒުކުރެވެ މުހިއްމު އެއް ބާވަތެވެ.

ފަރުތައް ހެދިބޮޑުވުމުގައި މައިގަނޑު ދައުރު އަދާކުރާ މުރަކައިގެ ބާވަތްތައް މީގެ240 މިލިއަން އަހަރު ކުރިން އުފެދިފައިވީ ނަމަވެސް، އެ މުރަކައިގެ ބާވަތްތަކާއި، އެއާ ގުޅިލާމެހިފައިވާ މަސްމަހާމެހީގެ ދިރުންތަކާއި، އެ ދިރުންތަކާ ފަރުތަކާ ހުރި ގުޅުންތައް އަދިވެސް ދަނީ ބަދަލުވަމުންނެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!