މަސްވެރިކަމާއި ގުޅޭ

north-carolina-deep-sea-fishing-southern-beaches

ނޯތު ކެރޮލީނާގެ މެރިން ފިޝަރީޒް ކޮމިޝަނުން މަސްވެރިކަމާބެހޭ ދެ ކޮމިޓީއެއް އުފައްދަން މެންބަރުން ހޯދަނީ

އެމެރިކާގެ ނޯތު ކެރޮލީނާގެ މެރިން ފިޝަރީޒް ކޮމިޝަނުން އުފައްދަން މަސައްކަތް ކުރަމުންދާ ދެ ފިޝަރީޒް އެޑްވައިޒަރީ ކޮމިޓީއަކަށް މެންބަރުން އައްޔަނު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިގޮތުން މިކޮމިޝަނުން މަސައްކަތް ފަށާފައިވަނީ ކެރޮލީނާގެ އުތުރާއި ދެކުނަށް ހާއްސަކޮށް އުފައްދަން ކަނޑައަޅާފައިވާ މަސްވެރިކަމުގެ ދާއިރާއާއި ބެހޭ ކޮމިޓީތަކަށް މީހުން ހޯދުމަށެވެ. މިދެކޮމިޓީއިން މަސައްކަތްކުރާނި ކަނޑުމަހާއި، އެކުއަރކަލްޗަރ އަދި މެރިކަލްޗަރ ކުރިއެރުވުމާއި، މަސްވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމާއި، ވަސީލަތްތައް އިތުރުކޮށް، އުމްރާނީ ތަރައްޤީ ގެނައުމަށެވެ. އަދި މިކޮމިޓީއިން މިސަރަހައްދުތަކުގައި މަސްވެރިކަމުގެ ދާއިރަގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމަވާ ދަތިތަކާއި މައްސަލަތައް ދެނެގަނެ، ނޯތް ކެރޮލީނާގެ މެރިން ފިޝަރީޒް ކޮމިޝަނާއިއެކު ހިއްސާކޮށް، މިފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރާނެއެވެ.

ކޮމިޝަންގެ ފަރާތުން މަސްވެރިކަމުގެ ދާއިރާއާއި ގުޅުން ހުރި އެކި ދިރާސާތައް ކުރުމާއި، އެކި އުސޫލުތަކާއި ގަވައިދުތައް ހެދުމުގެ އިތުރުން، މެނޭޖްމަންޓު ޕްލޭން ތައްޔާރުކުރުމާއިި، އެހެނިހެން މުހިންމު ކަންތައްތަކެއް ކުރާނެއެވެ.

މިކޮމިޝަންތަކަށް އައްޔަނު ކުރާ މެންބަރުންގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާއާއި ގުޅުން ހުރި އެކި ކަންކަމުގައި ހަރަކާތްތެރިވާ މާހިރުންނެވެ. މިގޮތުން މަސްވެރިންނާއި، މެރިން ސައިންޓިސްޓުންނާއި، ދިރާސާ ކުރާ ފަރާތްތަކާއި، އެހެނިހެން ފަރާތްތަށް މިކޮމިޝަންތަކަށް އައްޔަނުކުރާނެއެވެ.

މިކޮމިޝަންތަކަށް މެންބަރުން އައްޔަނުކުރާނީ ނޯތް ކެރޮލީނާގެ މެރިން ފިޝަރީޒް ކޮމިޝަނުގެ ޗެއަރމަނެވެ. އަދި ކޮމިޝަންތަކުގެ މެންބަރުންގެ ދައުރަކީ ތިން އަހަރު ދުވަހެވެ. ކޮމިޝަނަށް ހޮވޭ ފަރާތްތަކުން ކޮންމެ ދެމަހަކުން އެއްމަހު ކޮމިޓީގެ ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވާނެ ޖެހޭނެއެވެ.

މިދެކޮމިޝަނުގެ މެންބަރުންނަށް ވުމަށް ޝައުގުވެރިކަން ފާޅުކުރުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. ނޯތް ކެރޮލީނާ އަކީ އެމެރިކާގައި މަސްވެރިކަމުގެ ގިނަ މަސައްކަތްތަކެއް ކުރާ ސަރަހައްދެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!