މަސްވެރިކަމާއި ގުޅޭ

Screenshot 2023-12-29 191902

އޮސްޓްރޭލިއާގައި މިޔަރެއް ހަމަލާދީ 15 އަހަރުގެ ކުއްޖެއް މަރާލައިފި

މިޔަރެއް ހަމަލާދިނުމުގެ ސަބަބުން އޮސްޓްރޭލިއާގައި 15 އަހަރުގެ ފިރިހެން ކުއްޖެއް މަރުވެއްޖެއެވެ.

ހުނަރުވެރި ރާޅާ އަޅުންތެރިއެއްކަމުގައިވާ ހައި ކައުލީ އޮސްޓްރޭލިއާގެ އީތެލް ބީޗަށް ދިޔައީ އާއިލާ އާއި އެކު ޗުއްޓީއަށެވެ. އެ ސަރަހައްދަކީ ރާޅާ އެރުންތެރިންގެ މެދުގައި މަޤްބޫލް ހިސާބެކެވެ.

މިޔަރު އޭނާއަށް ހަމަލާދީފައިވަނީ ރާޅާ އެޅުމުގައި އުޅެނިކޮށެވެ. މަންޒަރު ދުއް މީހުން ބުނާގޮތުގައި ހައި އަށް ހަމަލާދީފައިވަނީ 4 މީޓަރުގެ މިޔަރެކެވެ. އަދި މިޔަރު ހައި އަށް ހަމަލާދޭ މަންޒަރު އޭނާގެ ބައްޕައަށްވެސް ވަނީ ފެނިފައެވެ.

މިޔަރު ފުރަތަމަވެސް ހަމަލާދީފައިވަނީ ހައިގެ ފަޔަށެވެ. އެވަގުތު ބީޗުގައި ތިބި މީހުންވަނީ ހައި ސަލާމަތްކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

އެހެންނަމަވެސް އެއްގަމާއި ހަމައަށް ހައިގެ ހަށިގަނޑު ގެނެވުނުއިރުވެސް އޮތީ މަރުވެފައެވެ.

ހައި އަކީ ރާޅާ އެރުމުގެ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ކުއްޖެކެވެ. އެގޮތުން އޮސްޓްރޭލިއާގެ 18 އަހަރުގެ ދަށުގެ ރޭންކިންގައި އޭނާއަކީ 146ވަނައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!