މަސްވެރިކަމާއި ގުޅޭ

Screenshot 2024-01-03 193034

ރަހުމުކުޑަ ގޮތަކަށް މާބަނޑު މިޔަރެއް މަރާލާ ވީޑިއޯއަކަށް ގިނަ ބައެއްގެ ފާޑުކިޔުން

މާބަނޑު މިޔަރެއް ރަހުމުކުޑަގޮތަކަށް މަރާލުމުން ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ނިއު ޒިލޭންޑުގައި ހިނގި މި ހާދިސާގައި މާބަނޑު މިޔަރު މަރާލާ ވީޑިއޯ ސޯޝަލް މީޑިއާގައިވަނީ އާއްމުވެފައެވެ. ވީޑިއޯއިން ފެންނަގޮތުގައި މިޔަރު ދިރިހުއްޓާ އޭގެ ބަނޑު ފަޅާލުމާއި އެކު ކުދި މިޔަރުތައް ބަނޑުން ނިކުންނަން ފަށައެވެ.

އަދި އެވަގުތު އެސަރަހައްދުގައި ތިބި މީހުންވަނީ ކުދި މިޔަރުތައް މޫދަށް ދޫކޮށްލާފައެވެ. އެގޮތުން ގާތްގަނޑަކަށް ބާރަވަރަކަށް ކުދި މިޔަރު އޭގެ ބަނޑުގައި އޮތް ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

މި ވީޑިއޯ މިހާރު ވަނީ ނިއު ޒިލޭންޑުގެ ކަމާއިގުޅޭ ފަރާތްތަކުގެ ސަމާލުކަމަށްވެސް އައިސްފައެވެ. އެގޮތުން ނިއު ޒިލޭންޑުގެ ފިޝަރީޒް މިނިސްޓްރީންވަނީ އެ ވީޑިއޯއިން ފެންނަ މީހުންނާއި ވާހަކަދައްކާ، މިޔަރު މެރުމުގައި އެނިމަލް ވެލްފެއަރ އެކްޓާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވާނެ ކަމަށް ބުނެފައެވެ.

މިދުވަސްވަރަކީ އާއްމުގޮތެއްގައި މިޔަރުތައް ވިހާ މޫސުމަށްވުމުން، އެއެއްޗެހި ވިހަން އެއްގަމާއި ކައިރިއަށް އާދެއެވެ. މިއާއެކު މަސް ބާނާ މީހުންނަށް މިޔަރު ހިފުމަށް ފަސޭހަވެއެވެ.

ގިނަ ބަޔަކުދަނީ މާބަނޑު މިޔަރުތައް މިގޮތަށް މަރާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ފާއިތުވީ 50 އަހަރުގެތެރޭ ދުނިޔޭގެ 70 އިންސައްތަ މިޔަރު މަރާލާފައިވާއިރު، މިޔަރުތައް އާލާވުމަށް ފުރުސަތު ދޭން ޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!