މަސްވެރިކަމާއި ގުޅޭ

ދާންދޫ މަސްވެރިންތަކެއް ކޫއްޑޫ އަށް މަސްކިރަނީ
ދާންދޫ މަސްވެރިންތަކެއް ކޫއްޑޫ އަށް މަސްކިރަނީ

މިދިޔަމަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ހުރި ބިލުތަކުގެ ފައިސާ މިއަދު ދައްކާ ނިންމާނެ - މިފްކޯ

މަސްވެރިންނަށް ދޫކުރަމުންގެންދާ ފައިސާގެ ތެރެއިން މިދިޔަމަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ހުރި ބިލުތަކުގެ ފައިސާ މިއަދު ދައްކާ ނިންމާނެކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން ބުނީ މިދިޔަމަހުގެ 8ވަނަ ދުވަހުން 14ވަނަ ދުވަހުގެ ނިޔަލަށް ހުރި ބިލްތަކަށް އަރާ 35 މިލިއަން ރުފިޔާ މިއަދު ދައްކާ ހަލާސްކުރާނެ ކަމަށެވެ. 17 ރުފިޔާއަށް މިފްކޯއަށް ގަންނަމުންދިޔަ މަސް ކިލޯއެއްގެ އަގު، މިފްކޯއަށް ގެއްލުންވާ ގޮތަށް 25 ރުފިޔާއަށް ނިމިދިޔަ ސަރުކާރުން ބޮޑުކުރީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރުއެވެ. އަގަށް ބަދަލު ގެނައުމަށްފަހު ކިރުވާފައިވާ މަހަށް 250 މިލިއަން ރުފިޔާގެ މަސްވެރިންނަށް ނުދީ ހުރިކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިފްކޯއަށް މަސް ގަންނަމުންދިމޔަ އަގު މުރާޖަޢާކުރުމަށްފަހު، މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބަދަލުކުރުމަށް މިމަހުގެ 11ވަނަ ދުވަހު ސަރުކާރުންވަނީ ނިންމަވާފައެވެ.

މަސްވެރިންނަށް ނުދެވި ހުރި ފައިސާގެތެރެއިން، 100 މިލިޔަން މިމަހު 26 ވަނަ ދުވަހުގެ ކުރިން ދޫކުރުމަށްފަހު ދެން ހުރި ފައިސާ މާޗް ފަހެއްގެ ކުރިން ދޫކުރާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެފައިވެއެވެ.

މި ސަރުކާރު ވެރިކަމަށް އައިފަހުން މިފްކޯއިން ބޭރުކުރީ 18،987 ޓަނުގެ މަސް ކަމަށާއި، އެއަށް ލިބުނީ 395 މިލިއަން ރުފިޔާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ނޮވެމްބަރު މަހުގެ 17 އިން ފެށިގެން މިހާތަނަށް، ކްރެޑިޓަށް ދޫކޮށްފައި ހުރި ތެލާއި އައިސް ހިމެނޭ ގޮތުން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ޖުމުލަ 435 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ވިދާޅުވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!