މަސްވެރިކަމާއި ގުޅޭ

އދ. ކުނބުރުދޫ
އދ. ކުނބުރުދޫ

އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ކުނބުރުދޫގައި މަސްރޭހެއް ބާއްވަނީ

އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް އދ. ކުނބުރުދޫގައި މަސްރޭހެއް ބާއްވަން އެރަ ށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ނިންމައިފިއެވެ.

އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މާރޗް މަހުގެ 8 ވަނަ ދުވަހެވެ.

ކުނބުރުދޫ އަންހެނުންގެ ކޮމިޓީން އާއްމުކުރި އިއުލާނެއްގައި ބުނީ، އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި މަސްރޭހަކާއި ޓާސްކް ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޖުމުލަ 1500 ރުފިޔާ އިނާމަކަށް ކަނޑައަޅާފައިވާ މަސް ރޭހުގެ އެއްވަނަ ޓީމަކަށް 700 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު، ދެވަނަ ޓީމަކަށް 500 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވެއެވެ. އަދި ތިންވަނަ ޓީމަކަށް ލިބިގެން ދާނީ 300 ރުފިޔާއެވެ.

ކޮންމެ ޓީމެއްގައިވެސް ގިނަވެގެން ތިބެން ވާނީ ފަސް މީހުން ކަމަށާއި، މަދުވެގެން ތިބެން ވާނީ ތިން މީހުން ކަމަށް ކުނބުރުދޫ އަންހެނުންގެ ކޮމިޓީން ކުރި އިއުލާނުގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!