މަސްވެރިކަމާއި ގުޅޭ

Screenshot 2024-03-19 194415

ސައުތު އެފްރިކާގެ ކޭޕް ޓައުންގެ ބީޗުތަކަށް ކޮލި މަސް ލައްގަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ސައުތު އެފްރިކާގެ ކޭޕް ޓައުންގެ ބީޗުތަކަށް ކޮލި މަސް ލައްގަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ކޮލި މަސް ނުވަތަ ޕަފާ ފިޝްއަކީ ވިހި ގަދަ މަހެކެވެ. މިއީ އާއްމުގޮތެއްގައި މީހުން ކެއުމަށް ބޭނުންކުރާ މަހެއް ނޫނެވެ.

ކޭޕް ޓައުންގެ ބީޗުތަކަށް ކޮންމެ އަހަރެއްގެވެސް މިދުވަސްވަރު މަރުވެގެން ގިނަ އަދަދެއްގެ ކޮލި މަސް ލައްގައެވެ. މިއީ އާއްމުގޮތެއްގައި ވައި ހުންނަ ގޮތަކުން ކުރިމަތިވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ކޭޕް ޓައުންގެ ޑެޕިއުޓީ މޭޔާ އެޑީ އެންޑުރޫސް ބުނެފައިވަނީ މިއީ އެހިސާބުގައި އާއްމު ކަމެއް ކަމަށެވެ. އަދި މިއީ ކަނޑައެޅިގެން ކީއްވެގެން ހިނގާ ކަމެއްކަމެއް ނޭނގޭ ކަމަށެވެ.

އަދި މި ދުވަސްވަރު ބީޗުތަކުގައި ކުއްތާތައް ގޮވައިގެން އުޅޭއިރު އެމަހަށް ސަމާލުވުމަށް އެންޑުރޫސްވަނީ އިލްތިމާޒްކޮށްފައެވެ.

2021 ވަނަ އަހަރުތެރޭގައި ކޭޕްޓައުންގެ ބީޗުތަކަށް އެތައް ސަތޭކަ ކޮލި މަހެއް ލައްގާފައިވެއެވެ. އެއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކޮލި މަސް މަރުވެގެން ލެއްގިކަމަށް ރެކޯޑު ކުރެވިފައިވާ އަހަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!