މަސްވެރިކަމާއި ގުޅޭ

ހދ. ކުޅުދުއްފުށި - ފޮޓޯ: މިހާޒް
ހދ. ކުޅުދުއްފުށި - ފޮޓޯ: މިހާޒް

ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަޙައްދުން އާއްމު ވިޔަފާރިއަށް ބިން ކުއްޔަށް ދޫކުރަނީ

ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަޙައްދުން އާއްމު ވިޔަފާރިއަށް 1500 އަކަފޫޓުގެ 3 ބިން 25 އަހަރަށް ކުއްޔަށް ދިނުމަށް ނިންމައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިހާރުވަނީ މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލާފައެވެ. މިކަމާއި ގުޅޭ ޕްރީ ބިޑް މީޓިންގ މި ބުރާސްފަތިދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރަޖިސްޓަރވުމުގެ ސުންގަޑި އަކީ އަންނަމަހުގެ 17ވަނަ ދުވަހެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަމަހުގެ 18ވަނަ ދުވަހުކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް އިން ‏24‏ މާރޗް‏ 2024 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބުކަމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!