މަސްވެރިކަމާއި ގުޅޭ

މަސްވެރިކަމުގައި ދޯންޏެއް ހަރަކާތްތެރިވަނީ، ފޮޓޯ: މަސްވެރި އިހަވަންދޫ
މަސްވެރިކަމުގައި ދޯންޏެއް ހަރަކާތްތެރިވަނީ، ފޮޓޯ: މަސްވެރި އިހަވަންދޫ

އިރުވައި މޫސުމުގެ ފަހު ނަކަތް: ރޭވަ

އިރުވައިގެ 8 ވަނަ ނަކަތް ފަސްބަދުރުވަ ނިމި "ރޭވަ" މިއަދު ފެށިއްޖެއެވެ.

އިތުރުވައި މޫސުމުގެ 9 ވަނަ ނަކަތް ކަމުގައިވާ ރޭވަ ކުރިއަށްދާނީ މާރޗް 26 ވަނަ ދުވަހުން ފެށިގެން އޭޕްރީލްމަހުގެ 7ގެ ނިޔަލަށެވެ. އެހެންކަމުން މި ނަކަތުގައި ވަނީ 13 ދުވަހެވެ.

މިއީ އިރުވައިގެ އެންމެ ފަހު ނަކަތެވެ. މި ނަކަތުގައި ކަނޑު މަޑުވެފައި އަވި ގަދަ ވާނެއެވެ. ވައި ޖެހޭނީ ހުޅަނގު އުތުރުން އާދައިގެ ވަރަކަށްވެެ.

މަސްވެރިކަން އުތުރަށް ރަނގަޅުވާނެއެވެ.

ޖުމުލަ 9 ނަކަތް ހިމެނޭ އިރުވައި މޫސުމުގައި ބާކީ ދެން އޮތީ އެންމެ ނަކަތެކެވެ. އެއީ 'ރޭވަ' ނަކަތެވެ. އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭނީ 'އައްސިދަ' ނަކަތުންނެވެ.

އިރުވައި މޫސުމުގެ ނަކަތްތައް:

  • މުލަ
  • ފުރަހަޅަ
  • އުތުރަހަޅަ
  • ހުވަން
  • ދިނަށަ
  • ހިޔަވިހަ
  • ފުރަބަދުރުވަ
  • ފަސްބަދުރުވަ
  • ރޭވަ
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!