މަސްވެރިކަމާއި ގުޅޭ

img_md_202403080843321709912612.3448

މިފްކޯގެ ސީއީއޯ މާދަމާ މަޖިލިސް ކޮމިޓީއަށް ހާޒިރު ކުރަނީ

މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު އަދި ޕީސީބީ ބޯޑު މާދަމާ ރައްޔިތުންގެ މަޖިލީހުގެ އެސްއޯސީ ކޮމިޓީއަށް ހާޒިރު ވުމަށް މަޖިލިސް އިދާރާއިން ސިޓީ ފޮނުވައިފިއެވެ.

މިފްކޯގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ، މި ބައްދަލުވުން ފެށޭ ގަޑިއެއް ކަމަށް މަޖިލިސް އިދާރާއިން ހަމަޖައްސާފައި ވަނީ މާދަމާ މެންދުރު1:15 ކަމަށެވެ.

ސީއީއޯ ޝަމާހު އާއެކު މިފްކޯގެ އިތުރު ދެ ބޭފުޅަކު މަޖިލިސް ކޮމިޓީއަށް ހާޒިރު ވާނެއެވެ. އެއީ ޖެނެރަލް މެނޭޖަރ އޮފް ޕްރޮޖެކްޓްސް އެމްޑް ޓެކްނިކަލް، އެކްޓިންގް ބިއުރޯ ހެޑް މުއާޒް އަލީ އާއި ޑެޕިއުޓީ މެނޭޖަރ ސީއެސްއާރް، ޕަބްލިކް ރިލޭޝަންސް އެންޑް މީޑިޔާ، ރިޕްރެޒެންޓިންގް ސީއީއޯ ބިއުރޯ ސެކްރެޓޭރިއެޓް އިބްރާހިމް ސައީދުއެވެ.

ކޯޕަރޭޓް ގަވަނެންސް އާ ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހަޅާފައި ވާތީ ޝަމާހު މިވަގުތު ހުރީ މިފްކޯގެ ސީއީއޯގެ ޒިންމާތަކުން ވަގުތީގޮތުން އެކަހެރި ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!