މަސްވެރިކަމާއި ގުޅޭ

WhatsApp Image 2024-03-25 at 19.26.34_4527f61f

ޝަމާހުގެ މައްޗަށް ހެއްކެއް ނެތް، ސަސްޕެންޝަން އުވާލާ މާފަށް އެދެންޖެހޭ: މުއާޒް

މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދުގެ މައްޗަށް ތުހުމަތު ކުރާ މައްސަލައިގެ ހެއްކެއް ނެތް ކަމަށާއި، އެހެންކަމުން އޭނާގެ ސަސްޕެންޝަން އުވާލައި، އޭނާގެ ކިބައިން މާފަށް އެދެން ޖެހޭ ކަމަށް މިފްކޯގެ ޖެނެރަލް މެނޭޖަރު އަލީ މުއާޒް ވިދާޅުވެއްޖެއެވެ.

ކޯޕަރޭޓް ގަވަނެންސް އާ ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހަޅާފައި ވާތީ ޝަމާހު މިވަގުތު ހުރީ މިފްކޯގެ ސީއީއޯގެ ޒިންމާތަކުން ވަގުތީގޮތުން އެކަހެރި ކޮށްފައެވެ. އަދި އެކަމާ ގުޅިގެން މިއަދު ވަނީ އޭނާ މަޖިލީހުގެ އެސްއޯސީ ކޮމިޓީއަށް ހާޒިރު ކޮށްފައެވެ.

ޝަމާހުއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ ޕީސީބީގެ ވިސިލްބްރޯ ޕޯޓަލް މެދުވެރިކޮށް ކަމަށް ޕީސީބީގެ ނައިބު ރައީސް މުހައްމަދު ފިރާޒް މިއަދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މިފްކޯގެ ޖެނެރަލް މެނޭޖަރ އަލީ މުއާޒް "މަސްވެރި އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޕޯޓަލް މެދުވެރިކޮށް ޝަމާހުއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާ ނަމަވެސް، އެއްވެސް މައްސަލައެއްގެ ހެއްކެއް ނެތް ކަމަށެވެ.

މުއާޒް ގޮވާލާފައި ވަނީ މި މައްސަލައިގައި ހެކި ނެތި ޝަމާހު ސަސްޕެންޝަން ކޮށްފައި ވާތީ، އޭނާގެ ކިބައިން މައާފަށް އެދުމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!