މަސްވެރިކަމާއި ގުޅޭ

Master Plan

ހަފްތާ ބަނދުގައި މޫސުން ރަނގަޅުވާނީ އުތުރަށް އެކަނި: މެޓް

ހަފްތާ ބަނދުގައި މޫސުން ރަނގަޅުވާނީ ރާއްޖޭގެ އުތުރަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

ހަފްތާ ބަންދުގައި ލަފާކުރާ މޫސުން މެޓުން އާއްމު ކޮށްފައި ވާއިރު، އޭގައި ވާގޮތުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހުވެސް އުތުރަށް މޫސުން ރަނގަޅު ވާނެއެވެ.

ހަފްތާ ބަންދުގެ ދެ ދުވަހު މެދުރާއްޖެތެރެއަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓުން ލަފާކުރާއިރު، ދެ ދެދުވަހު ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ލަފާކުރެއެވެ.

މި ހަފްތާ ބަންދު ނިމިގެން މަޖިލިސް އިންތިހާބުގެ ވޯޓު ލާއިރު، ގިނަ ބަޔަކު މި ދެދުވަހު ދަތުރު ކުރާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި މަސްވެރިންވެސް ހިމެނޭނެއެވެ.

އެހެންކަމުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.