މަސްވެރިކަމާއި ގުޅޭ

ގެއްލިގެން ހޯދާ ދޯނި، ފޮޓޯ: ފުލުހުން
ގެއްލިގެން ހޯދާ ދޯނި، ފޮޓޯ: ފުލުހުން

2 މީހުންނާއިއެކު ފަރުމަސްވެރިކަމަށް ދިޔަ ދޯންޏެއް ގެއްލިގެން ހޯދަނީ

މ .ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ނުކުތް "ފަރިހި 2" ނަމަކަށް ކިޔާ ޑައިވިންގ ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން، އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ 2024 އޭޕްރީލް 19 ވަނަ ދުވަހުގެ ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މަޢުލޫމާތު އެދުވަހުގެ 22:06 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

ފަރުމަސްވެރިކަމަށް ނިކުތް މި ދޯނީގައި 2 ފަޅުވެރިންތިބި ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ދިވެހި 2 ފިރިހެނުންނެވެ. "ފަރިހި 2" ދޯނި ހޯދުމަށް ކޯސްޓްގާޑް ހާބަރކްރާފްޓް 114' 23:20 އިން ފެށިގެން ދޯނި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެމްއެންޑީއެފް ވައި ބާރުން ވަނީ މިހާރު ދޯނި ހޯދުމަށްޓަކައި " ޔޫއޭވީ" އެ ސަރަހައްދަށް އުދުއްސާލައިފައެވެ.

ދިވެހި އަސްކަރިއްޔާގެ ޚިދުމަތަށް ތަޢާރަފްކުރި ޔޫއޭވީތަކަކީ މީޑިއަމް އެލްޓިޓިއުޑް ލޯންގް އެންޑިއުރެންސް، ޓެކްޓިކަލް އާރމަޑް ޔޫއޭވީތަކެކެވެ. މި ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރަށް ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.