މަސްވެރިކަމާއި ގުޅޭ

ކަނޑުގެ ދިރުންތަކާއި ގުޅޭ ދިރާސާއެއް ކުރަނީ. ފޮޓޯ: މެރިން ރިސާރޗް ސެންޓަރ
ކަނޑުގެ ދިރުންތަކާއި ގުޅޭ ދިރާސާއެއް ކުރަނީ. ފޮޓޯ: މެރިން ރިސާރޗް ސެންޓަރ

ކަނޑު ހިމާޔަތް ކުރުމަށް އީޔޫއިން 3.5 ބިލިއަން ޔޫރޯ ހަރަދު ކުރަނީ

ކަނޑު ހިމާޔަތް ކުރުމަށް އީޔޫއިން 3.5 ބިލިއަން ޔޫރޯ ހަރަދުކުރާނެ ކަމަށް އެ ގައުމުގެ ތިމާވެށީގެ ވެރިޔާ ވިދާޅުވެއްޖެއެވެ.

އެތެންސް (ޖުލައި 10) - އީޔޫގެ ތިމާވެށީގެ އެންމެ އިސް އޮފިޝަލް ވިދާޅުވީ، ކަނޑު ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއެރުވުމަށް ޔޫރަޕިއަން ޔޫނިއަނުން މި އަހަރު 3.5 ބިލިއަން ޔޫރޯ (3.71 ބިލިއަން ޑޮލަރު) ހަރަދުކުރާނެ ކަމަށެވެ.

މި 40 ކޮމިޓްމަންޓުގެ ތެރޭގައި ކަނޑު ތަޣައްޔަރުވުމާ ދެކޮޅަށް މަސައްކަތްކުރުމުން ފެށިގެން ދެމެހެއްޓެނިވި މަސްވެރިކަމަށް އެހީތެރިވުމާއި ބްލޫ އެނޮނޮމީ ކަމަށް ބުނާ އިންވެސްޓްމަންޓްތައް - އިގްތިސާދީ ހަރަކާތަށް ކަނޑާއި ތާޒާ ފެން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުން ހިމެނެ އެވެ

މި ކޮމިޓްމަންޓްތައް އިއުލާންކޮށްފައިވަނީ މި ހަފްތާގައި އެތެންސްގައި ބޭއްވި އަހަރީ "އަހަރެމެންގެ ކަނޑު" ކޮންފަރެންސްގައި ކަމަށާއި އެ ކޮންފަރެންސްގައި ގާތްގަނޑަކަށް 120 ގައުމަކުން ބައިވެރިވެފައިވާ ކަމަށް އޮފިޝަލު ވިދާޅުވެއެވެ.

އެކޮމިޓްމަންޓްތަކުގެ ތެރޭގައި ސައިޕްރަސް، ގްރީސް، ޕޮލެންޑް، ޕޯޗުގަލްގައި ގާތްގަނޑަކަށް 1.9 ބިލިއަން ޔޫރޯގެ އަގުހުރި 14 އިންވެސްޓްމަންޓާއި ދެމެހެއްޓެނިވި މަސްވެރިކަމުގެ އެއް އިސްލާހު، އަދި އީޔޫގެ ރިކަވަރީ އެންޑް ރެސިލިއެންސް ފެސިލިޓީ (އާރުއާރުއެފް) ގެ ދަށުން 980 މިލިއަން ޔޫރޯ ސައިޕްރަސް، ފިންލޭންޑް، ގްރީސް، އިޓަލީ އާއި ސްޕެއިންގެ ކަނޑު ތަޣައްޔަރުވުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަތަރު އިންވެސްޓްމަންޓަކާއި ދެ އިސްލާހަކަށް ތާއީދު ކުރަން ވަނީ ނިންމާފައެވެ.

ގްރީސް ސަރުކާރުގެ އޮފިޝަލަކު ހޯމަ ދުވަހު ރޮއިޓާސް އަށް ވިދާޅުވީ ކޮންފަރެންސްގައި 10 ބިލިއަން ޑޮލަރުގެ 400 އަށް ވުރެ ގިނަ އާ ކޮމިޓްމަންޓް އިއުލާން ކުރާނެ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަންގެ ކޮޕަރނިކަސް ކްލައިމެޓް ޗޭންޖް ސާވިސް އިން މިދިޔަ މަހު ބުނެފައި ވަނީ 1979 ވަނަ އަހަރާ ހަމައަށް ފެބްރުއަރީ މަހު ކަނޑުގެ ފިނިހޫނުމިން ރެކޯޑް މިންވަރަކަށް އަރާފައިވާ ކަމަށެވެ.

މި ކޮންފަރެންސް 2014 ވަނަ އަހަރު ފެށި ފަހުން ގާތްގަނޑަކަށް 130 ބިލިއަން ޑޮލަރުގެ އަގުހުރި 2،160 އަށް ވުރެ ގިނަ ކޮމިޓްމަންޓް މޮބިލައިޒްކޮށްފައިވެ އެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.