މަސްވެރިކަމާއި ގުޅޭ

ގެއްލިގެން ހޯދާ ދޯނި، ފޮޓޯ: ފުލުހުން
ގެއްލިގެން ހޯދާ ދޯނި، ފޮޓޯ: ފުލުހުން

ފަރުމަހަށް ގޮސްގެން ގެއްލުނީ ތިން މީހުންކަން މިހާރު ވަނީ އެނގިފައި: އެމްއެންޑީއެފް

މ .ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ނުކުތް "ފަރިހި 2" ނަމަކަށް ކިޔާ ޑައިވިންގ ދޯންޏިން ގެއްލުނީ ތިން މީހުންކަން މިހާރު އެނގިފައި ވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން މިހާރު ދަނީ އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުން މީގެ ކުރިން ބުނީ، އިއްޔެ ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހުންގެ ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މަޢުލޫމާތު އެދުވަހުގެ 22:06 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
ނަމަވެސް އެ ދޯނީގައި ތިބީ ތިން މީހުންކަން މިހާރު މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން މިއަދު ހެނދުނު ބުންޏެވެ.

ފަރުމަސްވެރިކަމަށް ނިކުތް އެ ދޯނީގައި 3ފަޅުވެރިންތިބި ކަމަށް މައުލޫމާތު ލިބެއެވެ. "ފަރިހި 2" ދޯނި ހޯދުމަށް ކޯސްޓްގާޑް ހާބަރކްރާފްޓް 114' 23:20 އިން ފެށިގެން ދޯނި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެމްއެންޑީއެފް ވައި ބާރުން ވަނީ މިހާރު ދޯނި ހޯދުމަށްޓަކައި " ޔޫއޭވީ" (ޑްރޯން) އެ ސަރަހައްދަށް އުދުއްސާލައިފައެވެ.

ދިވެހި އަސްކަރިއްޔާގެ ޚިދުމަތަށް ތަޢާރަފްކުރި ޔޫއޭވީތަކަކީ މީޑިއަމް އެލްޓިޓިއުޑް ލޯންގް އެންޑިއުރެންސް، ޓެކްޓިކަލް އާރމަޑް ޔޫއޭވީތަކެކެވެ. މި ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރަށް ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.