މަސްވެރިކަމާއި ގުޅޭ

Screenshot 2024-04-21 140056

މިޔަރަކާއި އެކު ފޮޓޯއެއް ނަގަން އުޅުނު ކުއްޖެއްގެ ފައިގައި އޭތި ދަތް އަޅައިފި

އޮސްޓްރޭލިއާގައި މަސް ބާނަން ދިޔަ އާއިލާއަކަށް އޮޅިގެން ބޭނުނު މިޔަރަކާއި އެކު ފޮޓޯ ނަގަން އުޅުމުގެ ތެރޭގައި ކުއްޖަކު ޒަހަމްވެއްޖެއެވެ.
ޒަހަމްވެފައިވަނީ 16 އަހަރުގެ ނޭތަން ނެސްއެވެ. އޭނާ މަހަށް ދިޔައީ ބައްޕައާއި ކޮއްކޮމެންނާއި އެކު ކުޑަ ލޯންޗެއްގައެވެ. އެމީހުންނަށް ބޭނުނީ 5 ފޫޓުގެ ޅަ މިޔަރެކެވެ.
އޭތި އަނބުރާ މޫދަށް ދޫކޮށްލުމުގެ ކުރިން ނޭތަން ބޭނުންވީ އެޔާ އެކު ފޮޓޯއެއް ނަގާލަންށެވެ. އެހެން ނަމަވެސް އޭތި ނަގައިގެން ހުއްޓާ ނޭތަންގެ ފައިގައި މިޔަރު ދަތް އެޅިއެވެ.
ނޭތަންގެ ބައްޕަ އޭތި ނޭތަންގެ ފައިން ދޫކޮށްލީ ވަރަށް ވަރުންނެވެ. ނޭތަންގެ ފަޔަށް ފުން ޒަހަމްތަކެއް ލިބުނެވެ. ނޭތަންވަނީ އަވަހަށް ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.
ނޭތަންގެ ނަސީބު ރަނގަޅުކަމުން ފުރާނައަށް ގެއްލުންވާ ވަރުގެ އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ފައިގައި މިޔަރު ދަތް އެޅިތަން ވަނީ ފަހާފައެވެ. ނޭތަންގެ އާއިލާއިން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އޮސްޓްރޭލިއާގެ އެ ސަރަހައްދަކީ މިޔަރު އެހާ ގިނައިން ފެންނަ ސަރަހައްދެއް ނޫނެވެ. އަދި މީގެކުރިން މިގޮތަށް އޮޅިގެންވެސް މިޔަރު ބޭނިފައިވަނީ ވަރަށް މަދުންނެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.