މަސްވެރިކަމާއި ގުޅޭ

މަސްބާނަނީ
މަސްބާނަނީ

ހުޅަނގު މޫސުމުގެ ދެވަނަ ނަކަތް: ބުރުނު

ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް އައްސިދަ ނިމި ދެވަނަ ނަކަތް ބުރުނު ފެށިއްޖެއެވެ.

ހުޅަނގު މޫސުމުގެ ދެވަނަ ނަކަތް ކުރިއަށްދާނީ މިމަހުގެ 22ވަނަ ދުވަހުން އަންނަމަހުގެ 5ވަނަ ދުވަހަށެވެ. މި ނަކަތް ކުރިއަށްދާނީ 14 ދުވަހަށެވެ.

މިނަކަތް ފެށޭއިރު ވިއްސާރަވެފައި ވައި ގަދަވާނެއެވެ. އެހެން ނަމަވެސް ނަކަތް ނިމޭއިރު މޫސުން ރަނގަޅުވާނެއެވެ.

ހުޅަނގު މޫސުމުގައި ހިމެނެނީ 18 ނަކަތެވެ. އަދި އިރުވައި މޫސުމުގައި ހިމެނެނީ ނުވަ ނަކަތެވެ. އިރުވައި މޫސުން ނިމެނީ 'ރޭވަ' ނަކަތުންނެވެ.

ހުޅަނގު މޫސުމުގެ ނަކަތް ތަކަކީ:

  1. އައްސިދަ
  2. ބުރުނު
  3. ކެތި
  4. ރޯނު
  5. މިއަހެލި
  6. އަދަ
  7. ފުނޯސް
  8. ފުސް
  9. އަހުލިހަ
  • މާ
  • ފުރަ
  • އުތުރަ
  • އަތަ
  • ހިތަ
  • ހެއި
  • ވިހާ
  • ނޮރަ
  • ދޮށަ މިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.