މަސްވެރިކަމާއި ގުޅޭ

MP Shiyam

މަޖިލިސް މެޖޯރިޓީ ލިބުމަކީ ރައީސަށް ރައްޔިތުންގެ އޮތް ތާއީދު ދައްކުވައިދޭ އަލިގަދަ ހެއްކެއް: ވަޒީރު

ސަރުކާރަށް ރައްޔިތުންގެ މަޖިލިސް މެޖޯރިޓީ ލިބުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ރައްޔިތުންގެ އޮތް ތާއީދު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

އިއްޔެ ނިމުނު މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ގާތްގަނޑަކަށް70 ގޮނޑި ވަނީ ސަރުކާރު ހިއްސާވާ ޕީއެންސީއަށް ލިބިފައެވެ.

އެކަމުގެ އުފަލުގައި ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ޖެއްސެވި ހިސާބު ވަރަށް ރަނގަޅު ކަމަށެވެ. އަދި އެ ހިސާބު ދިމާވާ ކަމަށެވެ.

"ހިސާބު ބަރާބަރަށް އެބަދިމާވޭ الحمد الله. 20ވަނަ ރައްޔިތުންގެމަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރެއްވި ސަރުކާރުގެ ހުރިހާ ކެންޑިޑޭޓުންނަށާ އެބޭފުޅުންގެ ޓީމްތަކަށް މަރުހަބާދަންނަވަން. މީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ރައްޔިތުންގެ އޮތް ތާއީދާ އިތުބާރާ އުއްމީދު ދައްކުވައިދޭ އަލިގަދަ ހެއްކެއް" ޝިޔާމް ވިދާޅުވިއެވެ.

މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވެފައި ވަނީ، މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން70 އަށްވުރެ ގިނަ ގޮނޑި ނަގާނެ ކަމަށެވެ. އެ ބުނުން ވަރަށް ރަނގަޅަށް ވަނީ ދިމާވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.