މަސްވެރިކަމާއި ގުޅޭ

ވާރޭ ވެހޭ ދުވަހެއް، ފޮޓޯ- މަސްވެރި އިހަވަންދޫ
ވާރޭ ވެހޭ ދުވަހެއް، ފޮޓޯ- މަސްވެރި އިހަވަންދޫ

މިރޭ މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ: މެޓް

މިރޭ މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މިރެއިން ފެށިގެން މާދަމާ ހެނދުނު6:00 ގެ ނިޔަލަށް ލަފާކުރާ މޫސުން އާއްމުކުރަމުން މެޓުން ބުނީ، މިރޭ މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

ނަމަވެސް އުތުރުގެ އަތޮޅުތަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ބުނެއެވެ.

މިރޭ ހުޅަނގާއި ހުޅަނގުއުތުރުނ، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު10 މޭލާއި20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ބުނެއެވެ.

ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ އިރުދެކުނާއި ދެކުނުން ފަސް މޭލާއި15 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް މެޓުން ލަފާކުރެއެވެ.

"މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ" މެޓުން ބުނެއެވެ.

އޭގެ އިތުރުން މެޓުން ބުނީ މިރޭ މެދުރާއްޖެތެރެއަށް ރާޅުގެ އުސްމިން ހުންނާނީ6-3 ފޫޓަށް ކަމަށާއި، އުތުރާއި ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ4-2 ފޫޓުގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.