މަސްވެރިކަމާއި ގުޅޭ

Image

ދުނިޔޭގެ ބާޒާރުގައި ދަޅުމަހުގެ ޑިމާންޑް ބޮޑުވެއްޖެ

ދުނިޔޭގެ ބާޒާރުގައި ދަޅުމަހުގެ ޑިމާންޑް ބޮޑުވެއްޖެއެވެ.

"ޓްރާންސް ޕޭރެންސީ ރިސާޗް މާކެޓް"ގެ ހިސާބުތައް ދައްކާގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ދަޅުމަހުގެ ބާވަތްތަކަށް އޮންނަ ޑިމާންޑް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. މިއާއެކު ދަޅުމަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރުވާނެކަމަށާއި އަދި މަހުން އުފައްދާ ތައްޔާރީ ކާނާގެ ގިނަ ބާވަތްތަކުގެ އުފެއްދުންތަކެއް ބާޒާރަށް ނެރުމަށް ކުންފުނިތަކުން ތައްޔާރުވަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި ކުންފުނިތަކުން ނެރުމަށް ހަމަޖެހިފައިވާ ބާވަތްތަކުގެ އަގުތަކާއި، އުފެއްދުމުގެ ކޮލިޓީއަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވާކަން ރިސާރޗް ސެންޓަރއިން ފާހަގަކޮށްފައިވެއެވެ. ދަޅުމަހުގެ ބާވަތްތައް އަލަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކުންފުނިތަކުގެ ތެރޭގައި އެމެރިކާ، ޔޫރަޕް އަދި އިންޑޮނޭޝިއާގެ ކުންފުނިތައް ހިމެނެއެވެ. 

ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކަށް ބަލާއިރު އެންމެ ގިނައިން ދަޅުމަހުގެ އުފެއްދުންތައް ބާޒާރަށް ނެރެފައިވަނީ ޔޫރަޕްގެ ޤައުމުތަކުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!