މަސްވެރިކަމާއި ގުޅޭ

fares boi

ލ. ފަރެސް ބޭރުން ކަނޑައިގެންދިޔަ ކަނދުފަތި ހަރުކޮށްފި

ލ. ފަރެސް ބޭރުގައި އަޅާފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ދިއުމާއި ގުޅިގެން އެސަރަހައްދުގައި އެހެން ކަނދުފައްޗެއް ހަރުކޮށްފިއެވެ.

މިކަނދުފަތި އަޅާފައިވަނީ ފަރެސްއާ ދިމާ ދެކުނުން 9 ނޯޓިކަލް މޭލު ބޭރުގައެވެ. މިއީ މަސްވެރިންގެ މެދުގައި މަޝްހޫރު ފަރެސްބޮއެވެ.

މިދިޔަ އޮގަސްޓް މަހު ތެރޭގައި ފިޝަރީޒް މިނިސްޓްރީން ވަނީ ތ. ގުރައިދޫ، ކ. ގާފަރު، ފ. ނިލަންދޫ، ގދ. ނަޑެއްލާ ބޭރުން ކަނޑައިގެންގޮސްފައިވާ ކަނދުފަތިތައް ހަރުކޮށްފައެވެ. އަދި ފުވައްމުލައް ސިޓީ ބޭރުން ކަނޑައިގެން ގޮސްފައިވާ 2 ކަނދުފަތިވެސް މިދިޔަ މަހު ފަހުކޮޅު ވަނީ އަލުން ހަރުކޮށްފައެވެ.

މަސްވެރިންގެ ލާބަޔާ މަންފާއަށް ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމަކީ އޮއިވާލި ކަނދުފަތި ހަރުކުރުމެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ހަރުކޮށްފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!