މަސްވެރިކަމާއި ގުޅޭ

DSC_5742

އެމްޓީސީސީން ވިއްކާ އިންޖީނާއި ސްޓޮކް ބޭޑާ ބްރޭންޑުގެ ރެސިންގެ އަގު ހެޔޮކޮށްފި

އެމްޓީސީސީ އިން ވިއްކާ ޔަންމާ، ސުޒުކީ އިންޖީނާއި ސްޓޮކް ބޭޑާ ބްރޭންޑުގެ ރެސިންގެ އަގުތައް ހެޔޮކޮށްފިއެވެ.

މިބަދަލު ގެނެސްފައިވަނީ މެރިން އިންޖީނާއި މަސްވެރިކަމާއި ގުޅުންހުރި އުފެއްދުންތަކުން ޑިއުޓީ މާފުކުރުމާއި ގުޅިގެން ނެވެ.
މިބަދަލުގެ ދަށުން ސުޒުކީ އައުޓްބޯޑް އިންޖީނުތަކުން ބައިލައްކަ ރުފިޔާއާއި ހަމައަށް އަގު ހެޔޮވެގެން ދާނެއެވެ. އަދި ޔަންމާ އިންބޯޑް އިންޖީނު ތަކުން ވެސް ހަތްލައްކަ ރުފިޔާއާއި ހަމައަށް އަގުހެޔޮވެގެން ދާނެކަމަށް އެމްޓީސީސީން ބުއެވެ.

އެމްޓީސީސީން ބުނީ މިދަނޑިވަޅުގައި ރައްޔިތުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެކުންފުނިން ވިއްކާ އިންޖީނު އިންސްޓޯލްމަންޓަށް ނަގާއިރު ޑައުންޕޭމަންޓް ކުޑަ ކޮށްފައިވާކަމަށެވެ. މިގޮތުން ސުޒުކީ އިންޖީނު ގަންނަ ފަރާތްތަކަށް ޑައުންޕޭމެންޓުން 40 އިންސައްތަ އިން 20 އިންސައްތަ އަށް ދަށްކޮށްފައިވާއިރު، ފައިސާ ދެއްކުން 12 މަހާއި ހަމައަށް ބަހާލެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން ޔަންމާ އިންޖީނު
ޑައުންޕޭންމެންޓު 35 އިންސައްތަ އިން 20 އިންސައްތަ އަށް ދަށްކޮށްފައިވާއިރު، 36 މަހާއި ހަމައަށް ފައިސާ ދެއްކުން ބަހާލެވޭނެކަމަށް އެމްޓީސީސީން ބުއެވެ.

ޔަންމާ އަދި ސުޒުކީ އިންޖީންތަކު ގެ އިތުރުން އޮޑިދޯނި ފަހަރުގައި ބޭނުންކުރާ ސްކޮޓް ބޭޑާ ބްރޭންޑްގެ ރެސިންގެ އަގުތައްވެސް ވަނީ ހެޔޮކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!