އައިލަ ނުވަތަ އާލައަކީ އާންމުކޮށް ރާއްޖޭގެ އަތޮޅުތަކުގެ މާކަނޑުތަކުގައި އުޅޭ މަހެކެވެ.
އައިލައަކީ ފިޔަލަ އާއިލާގެ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 75 ސެންޓިމީޓަރަށެވެ. އަދި މިދެބާވަތަކީ ގާތްގަނޑަކަށް އެއްސިފައަކަށް ފަތިކޮށްހުންނަ މަހެއްކަމުން، މިދެބާވަތް ވަރަށް ގިނައިން އޮޅިފައި ހުރެއެވެ. ދިވެހި މަސްވެރިން މިދެބާވަތް ދަނެ ވަކިކުރެއެވެ. މިއީ ކަނޑުގައި އާދަޔާ ޚިލާފް ބާރުމިނެއްގައި ދުވެއުޅޭ މަހެކެވެ. ދޮށީގެ މަސްވެރިކަމުގައި އައިނުން މަސްބާނާއިރު، އައިލަ ބޭނެއެވެ. އަދި މިގޮތުން ބޭނިފައިހުންނަ މަސް ފާހަގަކުރެވިފައިވަނީ އެއް ސައިޒަކުން ހުންނަކަމަށެވެ. މިމަހުގެ ކާނާއަކީ ކުދިމަހާއި، އެމުގެ ވައްތަރުތަކާއި، ބޯވަދިލަމަހެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 52 އާއި 59 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 23 އާއި 29 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. މިމަހުގެ މަތީ ކޮތަރިބައިގައި ބޮލުންފެށިގެން ނިގުލާ ހަމައަށް ދިގުކޮށްހުރެއެވެ. މަހުގައި ކުދި ހުޅުބުތަކެއް ހުރެއެވެ. ނިގޫފަތް ވަރަށް ބޮޑަށް ކަފިވެފައި ހުރެއެވެ.
މަސް އޭގެ އަމިއްލަ މާހައުލުގައި އުޅޭއިރު ބުރަކަށިމަތީގެ ކުލައަކީ ފެހިކުލައަކަށްދާ ނޫކުލައެކެވެ. ނަމަވެސް މަރުވުމުން ހުންނަނީ އަޅި ކުލައެކެވެ. މަހުގެ ދެއަރިމަތީގެ ކުލައަކީ ރިހިކުލައެވެ. އަދި ދެއަރިމަތީގައި ކަޅުކުލައިގެ ކުދި ތިކިތަކެއް ހުރެއެވެ. މިބާވަތުގެ މަހުގެ ނިގޫފަތުގެ ކައިރިފަށް ހުންނަނީ ހުދުކުލައެއްގައެވެ.
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Pompano dolphinfish