މަސްވެރިކަމާއި ގުޅޭ

އޮއިވާލި ކަނދުފައްޗެއް

ތ. ގުރައިދޫ ބޭރުން ކަނޑައިގެންދިޔަ ކަނދުފަތި ހަރުކޮށްފި

ތ. ގުރައިދޫ ބޭރުގައި އަޅާފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ދިއުމާއި ގުޅިގެން އެސަރަހައްދުގައި އެހެން ކަނދުފައްޗެއް ހަރުކޮށްފިއެވެ.

މިކަން ހާމަކޮށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިންގ ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރި ޓްވީޓެއްގައި ވަނީ، މިކަނދުފަތި އަޅާފައިވަނީ ތ. ގުރައިދޫގެ އިރުން ނުވަ ނޯޓިކަލް މޭލު ބޭރުގައިކަމަށެވެ.

މަސްވެރިންގެ ލާބަޔާ މަންފާއަށް ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމަކީ އޮއިވާލި ކަނދުފަތި ހަރުކުރުމެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަންސާސް ފަސް އޮއިވާލި ކަނދުފަތި ހަރުކޮށްފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!