މަސްވެރިކަމާއި ގުޅޭ

ޤަވާއިދު: މަސްވެރިކަމުގެ މައުލޫމާތު ދިނުން

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދުގެ 23 ވަނަ މާއްދާގެ ހ.: މިނިސްޓްރީއިން ކަނޑައަޅާ ގޮތެއްގެ މަތިން، ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަމާއި، މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމުގެ ހަރަކާތްތަކާއި، މަސްވެރިކަމާއި ގުޅުންހުރި ހަރަކާތްތައް ހިންގާ ފަރާތްތަކުން، މިނިސްޓްރީއިން ބޭނުންވާ މައުލޫމާތު ނުވަތަ ތަފާސްހިސާބު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީއިން ކަނޑައަޅާ ފަރާތަކަށް ދޭނެވާނެއެވެ.

ށ. މައުލޫމާތު ދޭ ފަރާތްތަކުން، މިނިސްޓްރީއަށްދޭ، ނުވަތަ ފުރިހަމަކޮށްދޭ، ނުވަތަ މިނިސްޓްރީއަށް ދިނުމަށްޓަކައި އެއްކުރާ ނުވަތަ ބަލަހައްޓާ މައުލޫމާތަކީ ތެދު، ފުރިހަމަ މައުލޫމާތަށް ވާންވާނެއެވެ. މިގޮތުން ދޭ އެއްވެސް މައުލޫމާތަކީ ސައްހަނޫން ދޮގު މައުލޫމާތު ކަމުގައި ވެގެން ނުވާނެއެވެ.

 

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!