މަސްވެރިކަމާއި ގުޅޭ

ހަރުފަ ފުންނަ - ފޮޓޯ: މިއުޒިއެމްސް ވިކްޓޯރިއާ

ހަރުފަ ފުންނަ

މިއީ ވަރަށް އާދަޔާ ޚިލާފު ސިފައެއްގައި ހުންނަ ވެންފުންނައެކެވެ. މިއީ ޢާއްމުކޮށް ފެންނަ ބާވަތެއްނޫނެވެ. މިބާވަތުގެ ފުންނަ އުޅެނީ ވެލިގަޑުގައި ހުންނަ ލޯވަޅުތަކުގައެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. ވުމާއެކު މިބާވަތުގެ މަސްހިފުމަށް ވަކި ޚާއްސަ މަސްވެރިކަމެއް ނުއޮވެއެވެ. މިއީ ދިގުކޮށް ހިމަކޮށް ހުންނަ މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 99 އާއި 104 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއެކު 97 އާއި 104 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ކަންފަތްގަޑުގައި 10 ނުވަތަ 11 މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ މުށިކުލައެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގެ ކުރީކޮޅު ހުންނަނީ ހުދުކުލައެއްގައެވެ.

މިމަހުގެ ފުރަތަމަ ރެކޯޑެއް ރާއްޖޭގައި ޤާއިމްކުރެވިފައިވަނީ 1988 ވަނަ އަހަރުގެ ޖުލައިމަހު މާލޭ ފަޅުތެރެއިން ދާގަޑަކުން ހިފާފައިވާ މިބާވަތުގެ މަހެއްގެ މައްޗަށް ބަލައިގެންނެވެ. މިމަހަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހަށްކިޔާ އިގިރޭސިނަމާ ގުޅުވައިގެން މަހުގައި އެކުލެވޭ ޚާއްސަ ސިފައަށް ވިސްނާ "ހަރުފަ ފުންނަ "ކިޔާފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Japanese snakeblenny

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!