މަސްވެރިކަމާއި ގުޅޭ

hut

ނ. ހޮޅުދޫ ފުޓްބޯޅަ ޓީމަކުން އެރަށަށް ހަދިޔާކުރީ ރީތި މަސްކަނޑާ ހަޓެއް!

މައި ޗޮއިސް އިޒް ފުބްބޯލް ކުލަބުގެ ފަރާތުން ނ. ހޮޅުދޫ ބަނދަރު ސަރަހައްދުގައި ތަރައްޤީކުރި ޒަމާނީ ފެންވަރުގެ މަސްކަނޑާތަނުގެ މަސައްކަތްނިމި ރަސްމީކޮށް ހުޅުވާ ނ.ހޮޅުދޫ ކައުންސިލްއާއި ހަވާލުކޮށްފިއެވެ.

މަހެއްގެ ބައްޓަމަށް ފަރުމާކުރެވިފައިވާ މި ތަނަކީ ފަސޭހަކަމާއެކު މަސްކަނޑަން ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ތަނެއްކެވެ. އަދި ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް މިތަން ބޭނުންކުރެވޭނެހެން އަލިކޮށް އެއްފަހަރާ 8 މީހުންނަށް މަސްކަނޑަން ތިބެވޭއިރު، ސާފު ރީތިފެން ލިބޭނެހެން އިސްކުރު ހަރުކޮށް މަސްކަނޑަން ޖާގަ އޮންނާނެހެން އަދި ތަކެތި ރައްކާ ކުރުވޭނެ ގުދަނެއްވެސް މިތަނުގައި ހުންނާނެއެވެ.

ހޮޅުދޫ މަސްކަނޑާ ހަޓު ހުޅުވުމަށް ބެއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: މައި ޗޮއިސް އިޒް ފުޓްބޯލް

އެމް.ސީ.އެފް ކުލަބުން ބުނީ، ފާއިތުވި އަހަރު ތަކުގައި ހޮޅުދޫގެ ރައްޔިތުން މަސްކެނޑުމަށް ބޭނުން ކުރަމުންދަނީ ބަނދަރު މަތީގައި ހުންނަ ބާ މޭޒެއްކަމަށެވެ. އަދި މި ޕްރޮޖެކްޓް ހަގީގަތަކަށް ވުމަކީ މި ރަށަށާއި ޖަމިއްޔާއަށް ލިބުނު ކުރިއެރުމެއްކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މިމަސައްކަތަށް ޖުމްލަ 187،567 ރުފިޔާ ހަރަދުވެފައިވާއިރު، މިއީ ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ނ. ހޮޅުދޫގައި ތަރައްގީކޮށްފައިވާ ތަނެކެވެ.

ހޮޅުދޫ މަސްކަނޑާ ހަޓު ހުޅުވުމަށް ބެއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: މައި ޗޮއިސް އިޒް ފުޓްބޯލް

މަސްކަނޑާތަން ރަސްމީކޮށް ހުޅުވައިދެއްވީ ހޮޅުދޫގެ ޒަމާންވީ މަސްވެރިއެއް ކަމަށްވާ ނ.ހޮޅުދޫ ދިލްބަހާރުގެ އާދަމް ހުސެއިން (އާދަމްކޮއިބެ) އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!