މަސްވެރިކަމާއި ގުޅޭ

ކަނޑުހާ - ފޮޓޯ: ފިޝެސް އޮފް އޮސްޓްރޭލިއާ

ކަނޑުހާ

މިއީ ރާއްޖޭގެ ފަރުޕަޅުތަކުގެ ބޭރުގައި އުޅޭ ރީތި މަހެކެވެ.

ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރަށް ފީނާ ފަތާއުޅޭ މީހުންނަށް ވަރަށް ގިނައިން މިމަސް ފެނެއެވެ. މިމަސް ގިނައިން އުޅެނީ އެކަހެރިކޮންނެވެ. ނަމަވެސް ވަރަށް މަދުން ދެތިންއެތިން ބައިހަދާލައިގެން އުޅޭތަންވެސް ފެނިދާނެއެވެ. އަމިއްލަ މާޙައުލުގައި އުޅޭއިރު މިމަސް ފެންނަނީ ވައިލެޓްކުލައިގައެވެ. މިއީ ދިވެހިންގެ މަސްވެރިކަމުން ވަރަށް ގިނައިން ބޭނޭ ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މަހެކެވެ. ރާއްޖޭގައި ކުރާ ފާނައިގެ މަސްވެރިކަމުގައި މިބާވަތުގެ މަސް ގިނަ ޢަދަދަކަށް ބާނާ އަދި ބޭރުކޮށް ހަދައެވެ. ދިރޭކުދިމަހުގެ ވިޔަފާރީގައި މިބާވަތުގެ ކުދިމަސް ރާއްޖެއިން ބޭރުކުރެވެއެވެ.

ކަނޑުހާލުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 13 އާއި 15 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ ހަނދުފަޅި ބުރަށް ކަފިކޮންނެވެ. މަހުގެ ކުލައަކީ ނާރިނގުކުލައެވެ. މަހުގައި ކުދިކުދި ތިކިތަކެއް ނުވަތަ ރޮނގުތަކެއް ހުރެއެވެ. މިމަސް ޢާއްމުކޮށް އުޅެނީ 3 މީޓަރާއި 240 މީޓަރާ ދެމެދުގެ ފުންމިނުގައެވެ. ކާނާއަކީ ކުދިމަހާއި. ކަކުނިފާޑުގެ ސޫތްޕާއި ބޯވަދިލަމަހެވެ. މިމަސް އެންމެ ބޮޑުވަނީ 81 ސެންޓިމީޓަރަށެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Yellow-edged lyretail; Moontail sea bass

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!