މަސްވެރިކަމާއި ގުޅޭ

viber_image_2020-08-27_22-31-08

2024 އަންނަން ވާއިރަށް އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލި ސްޓޮކް ވަރަށް ދަަށަށް ހިނގައިދާނެ

ގްލޯބަލް ޓޫނާ އެލައަންސްއިން އާންމުކުރި ރިޕޯޓެއްގައި އިންޑިއާ ކަނޑުގައި ރިނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން ކުރާ މިންވަރު%25 ދަށް ކުރުމަށް ގޮވާލައިފިއެވެ. ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، އިންޑިއާ ކަނޑުގައި ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަންކުރާ މިންވަރުވަނީ އިތުރުވެފައެވެ. އަދި 2016 އިން ފެށިގެން ދެމެހެއްޓެނިވި މިންގަނޑަށްވުރެ އިތުރަށް އިންޑިއާ ކަނޑުގައި ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަންދަނީ ކުރަމުންނެވެ.

2024 އަހަރާއި ހަމައަށް ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް އިންތިހާއަށް ދަށްވެދާނެކަމަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯ ޓީސީ) އިން ފާހަގަކޮށްފައި ވީނަމަވެސް ސްޓޮކް އާލާކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ތަންފީޒްވަމުން ނުދެއެވެ. މަސްވެރިކަމުގައި ހަރަކާތްތެރިވާ ގިނަ އުޅަނދުފަހަރުން މަސްބޭނުން މަދު ކުރުމުގެ ބަދަލުގައި ދަނީ މަސްބާނާ މިންވަރު އިތުރުކުރަމުންނެވެ.

އިންޑިއާ ކަނޑުގައި ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން ކުރާ މިންވަރު %7 އިންސައްތަ މަދުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަަށް ބާރު އެޅިކަމުގައިވިޔަސް،2014-2015 އަހަރާއި އަޅާ ބަލާއިރު 2018 ރީނދޫ އުރަހަ ކަންނެލި ބޭނި މިންވަރުވަނީ%9 އިންސައްތަ މަށްޗަށް ގޮސްފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!