މަސްވެރިކަމާއި ގުޅޭ

BKU

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިފްތިތާޚީ ޖަލްސާ ޑިސެމްބަރު 10 ގައި!

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިފްތިތާޚީ ޖަލްސާ ޑިސެމްބަރު 10 ގައި ބާއްވަން ހަމަޖައްސައިފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ އެ ޔޫނިއަންގެ އިފްތިތާޚީ ޖަލްސާ އެންމެ ފުރަތަމަ ބާއްވަން އުޅުނީ މިއަހަރުގެ މާރޗްމަހުގައި ކަމަށާއި ނަމަވެސް ކޮވިޑް-19އިގެ ސަބަބުން މި ޖަލްސާ ފަސްކުރީ ކަމަށެވެ. އިފްތިތާޚީ ޖަލްސާގައި އެ ޔޫނިއަންގެ ހިންގާ ކޮމެޓީއާއި އެހެންވެސް މަޤާމުތައް ހޮވުމަށް ހަމަޖެހިފައިވެއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއަކީ ބޮޑުކަންނެލީގެ މަސްވެރިންނާއި، އޮޑިވެރިން، ކަންނެލި މަސްވެރިންގެ ޚައްޤުގައި އަޑުއުފުލައި މި ދާއިރާގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެންމެން އެކަތިގަނޑަކަށްވެ މަސައްކަތް ކުރުމުގެ މަޤްސަދުގައި އުފައްދާފައިވާ ޔޫނިއަން އެކެވެ. މިހާރުވެސް މި ޔޫނިއަންގައި 200 އަށްވުރެ ގިނަ ކަންނެލި ދޯނި ބައިވެރިވެފައިވެއެވެ.

ބޮޑުކަންނެލި މަސްވެރިން ވުޖޫދުވެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ ޔޫނިއަންއިން ގެންދަނީ ކަންނެލި މަސްވެރިންގެ ޚައްޤުގައި އެތައް މަސައްކަތެއް ކުރަމުންނެވެ. މިގޮތުން ސަރުކާރުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހާއި، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާ ބައްދަލުކޮށް ކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ޚިއްޞާކޮށްފައިވެއެވެ. އަދި ކަންނެލި މަސްވެރިންގެ ޚައްޤުގައި އެ ޔޫނިއަނުން ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮން ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އަޑުއުފުލަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!