މަސްވެރިކަމާއި ގުޅޭ

ބުލޫ ވޭލްއެއް
ބުލޫ ވޭލްއެއް

ބޮޑުމަހުގެ ގެ ހިތާއި ގުޅޭ އާ ހޯދުންތަކެއް!

ބުލޫ ވޭލްއެއްގެ ހިތުގެ ވިންދު ޖަހަނީ މިނެޓަކު ކިތަށް ފަހަރަށްތޯ ބަލަން ފުރަތަމަ ފަހަރަށް ރެކޯޑިންއެއް ހަދައިފިއެވެ.

ސައިންވެރިން މި ހޯދުން ހޯދާފައިމިވަނީ ބުލޫ ވޭލް އެއްގެ ހިތުގެ ރެކޯޑެންއެއް ހެދުމަށްފަހުއެވެ. މިއީ ބޮޑުމަހެއްގެ ހިތުގެ ރެކޯޑިންއެއް ހެދުނު ފުރަތަމަ ފަހަރެވެ.

މި ދިރާސާކުރިއަށް ގެންގޮސްފައިވަނީ ބުލޫ ވޭލްއެއްގައި ހިތުގެ ވިންދު ބަލާ މޮނީޓަރއެއް ހަރުކޮށްގެންނެވެ.

ބުލޫ ވޭލް އަކީ ހިތުގެ ސައިޒު ބޮޑު މަހެކެވެ. އެހެން ކަމުން ސައިންވެރިން ލަފާކުރީ މިމަހުގެ ހިތުގެ ބޮޑު މިނަށް ބަލާ މިނެޓަކު 15 ފަހަރު ހިތުގެ ވިންދު ޖަހާނެ ކަމަށެވެ.

ސައިންސްވެރިންގެ ޓީމުން ކުރިއަށްގެންދިޔަ މި ދިރާސާއިން ދައްކާގޮތުން ބުލޫ ވޭލް ޝާކުތައް ކަނޑުގެ ފުން ހިސާބުތަކުގައި ފީނާއިރު، އޭތީގެ ހިތުގެ ވިންދު ޖަހަނީ މިނެޓަކު ހަތަރަކާއި އަށަކާ ދޭތެރޭ އަދަދަކަށެވެ. އަދި އެންމަ ދަށަށް ދާ ފަހަރުތަކުގައި މިނެޓަކު 2 ފަހަރުވެސް ވިންދު ޖަހާކަމަށްވަނީ ރެކޯޑުކުރެވިއެވެ.

މި ދާރާސާއިން އެނގުނު ގޮތުގައި ކަނޑުގެ މަތީ ފަށަލާގައި އުޅޭ އިރު ބުލޫ ވޭލްގެ ހިތުގެ ވިންދުގެ ރޭޓު އުޅެނީ 30 އާއި 37 ދެމެދުގެ އަދަދުތަކެއްގައެވެ.

އިންސާނެއްގެ ހިތުން މިނިޓަކު ގާތްގަނޑަކަށް 60 އާއި 100 ދެމެދުގެ އަދަދަކަށް ވިންދު ޖަހައެވެ.

ބުލޫ ވޭލްގެ ހިތުގެ ވިންދު ދިރާސާ ކުރި ޓީމުން ކުރިމަގުގައި ބުލޫ ވޭލް އަދި އެހެން މަސްމަހާ މެހި ކަނޑުގެ ތެރޭގައި ފީނާ އުޅޭގޮތާއި މިއާއެކު ހިތުގެ ވިންދަށް އަންނަ ބަދަލުތައް މޮނީޓަރކުރުމަށްވެސް ވަނީ ރާވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!