މަސްވެރިކަމާއި ގުޅޭ

fuvahmuku-FAD

ފުވައްމުލަކު ހުޅަނގުން ކަނޑައިގެންދިޔަ ކަނދުފަތި ހަރުކޮށްފި

ފުވައްމުލަކު ހުޅަނގުން ކަނޑައިގެންދިޔަ ކަނދުފަތި ހަރުކޮށްފިއެވެ.

މިކަނދުފަތި އަޅާފައިވަނީ ފުވައްމުލައްސިޓީގެ ހުޅަނގުން 15 ނޯޓިކަލް މޭލު ބޭރުންނެވެ. މި ކަނދުފަތީގެ ބޮއި ނަމްބަރަކީ 533 އެވެ. ފުވައްމުލައް ސިޓީ ވަށައިގެން ޖުމްލަ 3 ކަނދުފަތި ހަރުކޮށްފައިވެއެވެ. މީގެތެރެއިން ފުވައްމުލަކު އިރުމަތިން ހަރުކޮށްފައިވާ ކަނދުފަތި މިދިޔަ ހަފްތާގައި ވަނީ ކަނޑައިގެން ގޮސްފައެވެ.

ކަނދުފަތި އެޅިކަން ހާމަކޮށް ފުވައްމުލަކު ސިތީ ކައުންސިލުން ބުނީ ކަނދުފައްޗަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ކުރައްވާކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!