މަސްވެރިކަމާއި ގުޅޭ

COver

މަސްވެރިކަމާ ގުޅޭ ކުޑަކުދިންނަށް ޚާއްސަ ފޮތްތަކެއް އިފްތިތާހުކޮށްފި

މި އަހަރުގެ މަސްވެރިންގެ ދުވަހާއި ދިމާކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން "ދިވެހި ގޮތަށް މަސްވެރިކަން ކުރަމާ – Lets fish the Maldivian way" ގެ ނަމުގައި ފޮތްތަކެއް އިފްތިތާހު ކޮށްފިއެވެ.

މިއީ ދިވެހި ރާއްޖޭގައި ކުރާ މަސްވެރިކަމުގެ ތެރެއިން، ކަޅުބިލަމަހާއި، ރީނދޫއުރަހަ ކަންނެއްޔާއި، ލޯބޮޑު ކަންނެލި އަދި ފާނަ މަސްވެރިކަން ކުރާ ގޮތާއި، އެ މަސްވެރިކަމުގައި އެކުލެވޭ މައިގަނޑު ކަންކަން ތުއްތު ކުއްޖާއަށް އެނގޭނެފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ފޮތްތަކެކެވެ.

މީގެތެރޭގައި ކުލަ ޖައްސާ ފޮތްތަކެއްވެސް ހިމެނެއެވެ. މި ފޮތްތައް ލިޔެފައިވަނީ ދިވެހި ބަހުންނާއި އިނގިރޭސި ބަހުންނެވެ.

މި ފޮތް ފަރުމާކޮށްފައިވަނީ ދިވެހިން މަސްވެރިކަން ކުރަމުންއަންނަ ގޮތާއި މަސްވެރިކަމުގައި ބޭނުންކުރާ އާލަތްތަކާއި ތުއްތު ކުދިންނަށް ފަސޭހައިން އެނގޭނެ ފަދަ ގޮތަކަށެވެ.

މި ފޮތް ލިޔުނީ 2018 ވަނައަހަރު ޓީޗަރެއްގެ ވަޒީފާ ދޫކޮށް މަސްވެރިކަމުގެ ދާއިރާއަށް ނުކުތް ގއ ގެމަނަފުށީ، ހިތަދޫގެ، އަހްމަދު ޝާފިއުއެވެ.

"މި ފޮތަކީ ތުއްތު ކުދިންނަށް ޚާއްޞަ ފޮތްތަކެއް. މަސްވެރިކަމުގެ މަޢުލޫމާތާއި މި މަސައްކަތްކުރާ ގޮތް މި ފޮތްތައް މެދުވެރިކޮށް ތުއްތު ކުދިންނަށް ވަރަށް ފަސޭހައިން ދެނެގަނެވޭނެ. މި ފޮތްތައް ފަރުމާކޮށްފައިވަނީ ތުއްތު ކުދިން ވަރަށް ޝައުޤުވެރިވާނެ ފަދަގޮތަކަށް. މިމަސް ނިމުމުގެ ކުރިން މާލޭގެ ބުކްޝޮޕްތަކުން މި ފޮތް ލިބެން ހުންނާނެ." ޝާފިޢު ވިދާޅުވިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!