މަސްވެރިކަމާއި ގުޅޭ

kandhufathi

އައްޑޫސިޓީ ބޭރުން ކަނޑައިގެންދިޔަ ދެ ކަނދުފަތި ހަރުކޮށްފި

އައްޑޫސިޓީ ބޭރުން ކަނޑައިގެންދިޔަ ދެ ކަނދުފަތި ހަރުކޮށްފިއެވެ.

މީގެތެރޭގައި ހިމެނެނީ ހިތަދޫ ބޭރުން ކަނޑައިގެންދިޔަ ކަނދުފައްޗާއި ގަން ބޭރުން ކަނޑައިގެން ދިޔަ ކަނދުފައްޗެވެ. ހިތަދޫ ބޭރުގައި ކަނދުފަތި ހަރުކޮށްފައިވަނީ ހިތަދޫގެ ހުޅަނގު ދެކުނުން 13 މޭލު ބޭރުގައެވެ. މިކަނދުފަތީގެ ބޮއި ނަމްބަރަކީ 534 އެކެވެ.

 

ދެވަނަ ކަނދުފަތި ހަރުކޮށްފައިވަނީ އައްޑޫސިޓީ ގަމުގެ ބޭރުން ހުޅަނގު އުތުރުން 13 މޭލު ބޭރުގައެވެ. މި ކަނދުފަތީގެ ބޮއި ނަމްބަރަކި 535 އެވެ.

މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!