މަސްވެރިކަމާއި ގުޅޭ

Meedhoo Iceplant

ދ. މީދޫއަކީ އައިސްޕްލާންޓް އެޅުމަށް އެންމެ އެކަށީގެންވާ ރަށް: މީދޫ މަސްވެރިން

ސަރުކާރުން މަސްވެރިކަން ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ އައިސް ޕްލާންޓް އެޅުމުގެ މަޝްރޫޢުތަކުގެ ތެރެއިން ދ. އަތޮޅު މީދޫއަކީ އައިސްޕްލާންޓް އެޅުމަށް އެންމެ އެކަށީގެންވާ ރަށްކަމަށް މީދޫ މަސްވެެރިން ބުނެފިއެވެ.

ކަންނެލި މަސްވެރިކަމުގައި ފާހަނގަކޮށްލެވޭ މީދޫގައި 25 އޮޑިއެވެއެވެ. އޭގެ އިތުރުން ފަރުމަސްވެރިކަން ކުރާ ދޯނިތަކާއި ޑީންގީތައް އެރަށުގައި ގިނަައެވެ. މަސްވެރިން އެމްވީއަށް މައުލޫމާތު ދެމުން، މީދޫ މަސްވެރިން ބުނީ ސަރުކާރުގެ މިހާރުގެ ސިޔާސަތުގެ ދަށުން ދ. ކުޑަހުވަދޫގައި އައިސް ޕްލާންޓެއް އެޅުމަށް ނިންމުމަކީ މަސްވެރިންނަށް އެންމެ ފައިދާހުރި ގޮތް ނޫންކަމަށެވެ. ސަބަބަކީ މަހަށްފުރާ އެންމެ ގިނަ ދޯނިތައް އޮންނަނީ ދ. މީދޫއާއި ދ. ބަނޑިދޫގައި ކަމަށްވުމުން، މަސްވެރިންނަށް ޚަރަދުކުޑަވެފައި ފަސޭހަވާނީ މީދޫގައި އައިސްޕްލާންޓް އެޅުންކަމަށް މަސްވެރިން ބުނެއެވެ. އަދި ވަކިން ޚާއްސަކޮށް މީދޫގައި އައިސް ޕްލާންޓް އެޅުމަށް ބާރުއަޅަނީ އެ ރަށުގައި އޮންނަނީ ވިލުފަޅެއް ކަމުން އެންއޮޑިއާއިއެކު ފަޅަށްވަދެ، މަސްވެރިންނަށް އައިސް އެޅުމުގައި މާ ބޮޑަށްވެސް ރަގަޅުވާނެތީއެވެ.

"ދ. އަތޮޅުގައި އެންމެ ގިނައިން މަސްދޯނިތައް މި އޮންނަނީ މީދޫއާއި ބަނޑިދޫގައި. އަދި ދެރަށް މި އޮންނަނީވެސް ވަރަށް ކައިރީގައި. އޭގެ އިތުރަށް މަސްވެރިން އެން އޮޑިއާއި އެކު ފަޅަށް ވަންނަން އެންމެ ރަގަޅުވާނީވެސް ދ. މީދޫ. މިއީ ވިލުފަޅެއް" މައުލޫމާތުދިން މަސްވެރިން ބުންޏެވެ.

މަސްވެރިން އިތުރަށް ފާހަނގަ ކުރިގޮތުގައި ދ. ކުޑަހުވަދޫގައި އަމިއްލަފަރާތަކުން ދަނީ އައިސް ޕްލާންޓެއް ހިންގަމުންނެވެ. އެހެންކަމުން، ސަރުކާރުން އަޅާ އައިސްޕްލާންޓް ދ. މީދޫއަށް ބަދަލުކުރުމުން އިތުރު ސަރަހައްދަކުން އައިސްލިބޭނެ ގޮަތްވުމުން މަސްވެރިންނަށް މާބޮޑަށްވެސް ރަގަޅުވާނެކަމަށް މީދޫ މަސްވެރިން ބުންޏެވެ. އޭގެ އިތުރުން ދ. ކުޑަހުވަދޫ ފަޅަކީ ތިލަ ފަޅެއްކަމުން، އެން އޮޑިއާއި އެކު އައިސް އަޅަންވަނުމުން، އެންކޮޅު މަރުވުމުގެ ފުރުސަތުވެސް ބޮޑުވާނެކަމަށް މަސްވެރިން ދެކެއެވެ.

މަސްވެެރިންނަށް އައިސް ލިބުމުގެ މައްސަލަ ހައްލުކުރުމަށް މިއަހަރުތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން އައިސް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ގިނަ މަޝްރޫއުތަކެއްވަނީ ރޭވިފައެވެ. އަދި ރަށްރަށުގައި އަޅާ އައިސްޕްލާންޓްތަކުގެ އިތުރުން މިއަހަރު 50 ދޯންޏެއްގައި އައިސްޕްލާންޓް ހަރުކުރުމަށް ލޯނު ދޫކުމުރުމަށް ފިޝަރީޒް މިނިސްޓްރީއިިން ދަނީ ތައްޔާރުވަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Bandidhoo ga ves 26 bodukanneli dhoani ovey... meedhoo mihaar ves ice plant eh hurey...

Comments are closed.