މަސްވެރިކަމާއި ގުޅޭ

151973932_3792389097484107_7345820749038859808_n

ޒުވާން މަސްވެރިޔާގެ ވީޑިއޯތަކުގެ ވިއުސް މިލިއަނުން، މަސްވެރިކަން ޕްރޮމޯޓްކުރަންވީ މިފަދަ ޒުވާނުން މެދުވެރިކޮށް

އާއްމުންގެ މެދުގައި މަސްވެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ މަސްވެރިންތަކެއް މިހާރު ރާއްޖޭގައި އުފެދިފައިވާއިރު، ސޯޝަލް މީޑިއާ ޕްލެޓުފޯމްތަކުގައި މަސްވެރިކަމާއި ގުޅޭ ވީޑިއޯއާއި ފޮޓޯތައް ހިއްސާކޮށް މިދާއިރާގައި އުޅޭ މީހުން މަސައްކަތްކުރާ ގޮތް ދަނީ މުޅި ދުނިޔެއަށް ދައްކާލަމުންނެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ އެއް ފަރާތަކީ ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރުވެފައިވާ ގއ. ގެމަނަފުށީ، 23 އަހަރުގެ ހަސަން ސާޖިންއެވެ.

ސާޖިން ދަނީ ފޭސް ބުކް އަދި ޓިވިޓަރގެ ޒުވާން މަސްވެރިޔާގެ ނަމުގައި އެކައުންޓެއް ހަދާ ރާއްޖޭގެ މަސްވެރިކަން ދުނިޔެއަށް ދައްކާލަމުންނެވެ. އޭނާ ބައެއް މީޑިއޯތަށް ބަލާފައިވާ މީހުންގެ އަދަދު މިލިއަނުން ގުނާލެވެއެވެ. އަދި އެންމެ ގިނަ އަދަދަކަށް ބަލާފައިވާ ވީޑިއޯގެ ޖުމްލަ ވިއުސް އުޅެނީ 40 މިލިއަންގައެވެ.

މީގެ އިތުރުން މިދިޔައަހަރު ޒުވާން މަސްވެރިޔާ ސާޖިން ގެ ވީޑިއޯއެއްވަނީ އެން.ޓީ.ޑީ.ޓީވީގެ ސޯޝަލް މީޑިއާ ޕްލްޓްފޯމްތަކިގައި ދަކަން ފަށާފެއެވެ. އެގޮތުން އެންޓީޑީ ޓީވީގެ ފޭސްބުކް ޕޭޖްގައި ހިއްސާކުރި ވީޑިއޯއަށްވަނީ 9.6 މިލިއަން ވިއުސް ލިބިފައެވެ. މީގެ އިތުރުން އެން.ޓީ.ޑީ.ޓީވީ ސްޕެއިން އަދި ޗައިނީސް ސޯޝަލް މީޑިއާގައިވެސް ވަނީ ސާޖީންގެ ވީޑިއޯ ހިއްސާކޮށްފައެވެ. އަދި މިއަދުގެ ވަގުތެއްގައި ސާޖިން ވޯޑިއޯ އެން.ޓީ.ޑީ.ޓީވީގެ "އެޕޯޗް ޓައިމްސް"ގައި ހިއްސާ ކުރާނެއެވެ.

ޒުވާން މަސްވެރިޔާގެ ސޯޝަލް މީޑިއާއަކީ މިވަގުތު މަސްވެރިކަމުގެ ފޮޓޯ އަދި ވީޑިއޯ ހިއްސާކޮށް މަސްވެރިކަމާއި ގުޅުންހުރި މައުލޫމާތު ގެނެސްދިނުމަށް އެންމެ ކުރީގައި އުޅޭ އެއް މީޑިއާއެވެ. ސާޖިންގެ ސޯޝަލް މީޑީއާ ބަލާ އަދަދު އުޅެނީ މަހެއްގެ މަށްޗަށް އެވްރެޖްކޮށް 10 މިލިއަނަށްވުރެ މަތީގައި ކަމަށް ސާޖިން މައުލޫމާތު ދެއެވެ. އެއީ ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމް ގެ ޒަރިއްޔާއިން ހިއްސާކުރާ ޕޯސްޓްތަކުގެ "ޕޯސްޓް ރީޗް" އެވެ.

ސާޖިންގެ ވީޑިއޯއަށް ގިނަ އަދަދެއްގެ ބޭރުގެ ފަރާތްތައް ކޮމެންޓުކޮށްފައި ހުރެއެވެ. ދޮޮށީގެ މަސްވެރިކަމަކީ ބޭރުގެ ގިނަ ފަރާތްތަކަށް އެހާ ދެކެ ފަރިތަ ބާވަތެއްގެ މަސްވެރިކަމެއް ނޫނެވެ. އަދި ރާއްޖޭގައި ކުރަނީ މިފަދަ މަސްވެރިކަމެއް ކަން އެނގި ރާއްޖޭގެ މަސްވެރިންނަށް ތަޢުރީފްގެ ބަސްތައް ބުނެފައި ހުރެއެވެ.

ސާޖިން- ފޮޓޯ- ޒުވާން މަސްވެެރިޔާ

ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ސާޖިން ކުރަނީ ބުރަ މަސައްކަތެކެވެ. އާމްދަނީ ހޯދުމަށް މަހަށްދާ އިރު، ފޮޓޯ އާއި ވީޑިއޯ ނެގުމަށް ހޭދަކުރާ ވަގުތުތަކަކީ އެ ދުވަހެއްގައި އޭނާއަށް ލިބެން އޮތް އާމްދަނީއަށް އެޅޭ ހުރަހެކެވެ.

ފޮޓޯ އަދި ވީޑިއޯ ނެގުމަކީ އޭނާ އަމިއްލައަށް ޝައުގުވެރިކަން ހުރެގެން ކުރާ ކަމަކަށްވާތީ މި މަސައްކަތަށް ބޭނުންވާ ކެމެރާ ފަދަ ތަކެތި ހޯދަނީ މަހަށްގޮސްގެން ލިބޭ އާއްމަދަނީންނެވެ. މިހާތަނަށް މިކަމަށް ބޭނުންވާ ކެމެރާ އާއި އެހެނިގެން ތަކެތި ގަތުމަށް ބޮޑު ހޭދައެއް ކޮށްފައިވާކަމަށް ސާޖިން ބުނެއެވެ.

ސާޖިން ބުނީ ކުރިމަގުގައި ބޭނުންވަނީ މި މަސައްކަތް އިތުރަށް ފުޅާ ކުރަން ކަމަށެވެ. އެގޮތުން އިތުރު އިކުއިޕްމަންޓްސް ގަނެ، ބެލުންތެރިންވެސް ރިކުއެސްޓްކުރާ ވީޑިއޯތައް ދައްކާލަދޭނެ ކަމަށް ސާޖިން ބުންޏެވެ.

" މީހުންނަށް ވަރަށް ކަމުދާ އެއްޗެއް މި ލައިވް އެއްޗިއްސަކީ، މަސް ބާނަމުންދާއިރު، ލައިވް އެއް ޖައްސާލީމަ ބެލުންތެރިން ހީވާނީ ހަމަ ރޮލާ ކާލަފާނެހެން، އެހާވެސް ބޮޑު ތަރުޙީބެއް ލިބޭ، އެހެންވެ އެބަ ވިސްނަން ކޮންމެ މަހަކުވެސް އެއް ހަފްތާ ހާއްސަކޮށްލަން މަސްވެރިކަމުގެ ލައިވް އާއި ވީޑިއޯތައް ނަގަން ޙާއްސަ ކޮށްލަން،" ސާޖިން ވިދާޅުވިއެވެ.

ސާޖިން ބުނީ ބެލުންތެރިންނަށް ފޭސްބުކް ލައިވް އިން މަސް ބާނާ ގަޑީގައި ވަގުތުން އެ މަންޒަރުތައް ދައްކާލަން ބޭނުންވި ނަމަވެސް، ގިނަ ފަހަރު ރޭންޖު ނުލިބޭތީ އެކަން ކުރަން ދަތިވާ ކަމަށެވެ.

ސާޖިން ބުނީ އޭނާ ފަދަ މަސްވެރިންތައް މިހާރު ދަނީ އުފެދެމުން ކަމަށެވެ. މި ދާއިރާ ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާ މަސްވެރިން ގިނަވަމުން ދިޔަ ނަމަވެސް އެފަދަ ފަރާތްތައް ކުރއެރުވުމަށް ސަރުކާރުން މަސައްކަތްކުރާތަން ނުފެންނަ ކަމަށް ސާޖިން ބުންޏެވެ.

" މަސްވެރިކަން ޕްރޮމޯޓްކުރަން މަސައްކަތްކުރާ މަސްވެރިންނަށް މަގެއް ހޯދަދޭށޭ، މަސްވެރިކަން ޕްރޮމޯޓްކުރުމަށް މިލިއަނުން ޙަރަދުކުރުމުގެ ބަދަލުގައި މިފަދަ ފަރާތްތައް މެދުވެރިކޮށް ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރުން މާ ރަނގަޅު ވާނެ،" ސާޖިން ބުންޏެވެ.

ސާޖިންގެ ވީޑިއޯތަކަށް ލިބޭ ތަރުޙީބަށް ބަލާއިރު، މިއީ ތެދެއްކަން ސާފެވެ. މިލިއަނުން މީހުން އޭނާގެ ވީޑިއޯތައް ބަލާފައި ހުންނައިރު، މިއީ ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުވެގެންދާ ދޮރެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. Ti hamajehey vaahal ehnun mikahala zuvaanunney konme myhakuviyas promote kuryma vaane

Comments are closed.