މަސްވެރިކަމާއި ގުޅޭ

55FEBD9A-1A58-4346-B084-DB06DB224B36

މޮނިޓަރިންގެ ހާލަތުގައި އޮތް ދިޔަމިގިއްޔަށް ބުރުނީގެ ރައްޔިތުންގެ ފަރާތުން މަސް ހަދިޔާކޮށްފި

ތ. ބުރުނީ ރައްޔިތުންގެ ފަރާތުން ތ. ދިޔަމިގިލީ ރައްޔިތުންނަށް ގިނަ އަދަދެއްގެ މަސް ހަދިޔާކޮށްފިއެވެ.

ދިޔަމިގިލި ރައްޔިތުންނަށް ބެހުމަށް ބުރުނިން ފޮނުވާފައިވަނީ ރާގޮނޑިއެވެ.
ދިޔަމިގިލި ކައުންސިލުންވަނީ އެރަށު ކޮވިޑް-19 ޓާސްކް ފޯސް އާއި ގުޅިގެން އެރަށުގެ ރައްޔިތުންނަށް ރާގޮނޑިތައް ބަހާފައެވެ. ބުރުންޏަކީ ރާގޮނޑި ހިފުމަށް މަޝްހޫރު ރަށެކެވެ. މިއަހަރަކީ އެރަށު ފަޅަށް ގިނަ އަދަދަކަށް ރާގޮނޑި ވަންނަމުންދާ އަހަރެކެވެ.

ދިޔަމިގިލިން ކޮވިޑް ކޭސްތަކެއް ފެނި އެރަށް މިހާރު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. މޮނީޓަރިންގެ ހާލަތުގައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު އެކި ފަރާތްތަކުގެ ދީލަތި އެހީތަށް ދަނީ އެރަށަށް ލިބެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!