މަސްވެރިކަމާއި ގުޅޭ

ނަރުވާ ފުޅަނގި

ރާއްޖޭގެ ކަނޑުތަކުގައި ގިނައިން އުޅޭ ބާވަތެކެވެ.

ވަދު މަސްވެރިންނަށް މަދުމަދުން ވަދުގައި މިމަސްބޭނެއެވެ. އަދި ބައެއް މޫސުމަށް ރަށްރަށުގެ ފަރު ބޭރަށާއި ފަޅުފަޅަށް ބައިބަޔަށް މިބާވަތުގެ ކުދި ފުޅަނގި އަރާކަމަށްވެއެވެ. މިއީ ކަނޑުގެމަތީބައިގައި ކުދި ފަނިފަކުސަ ކައިގެން އުޅޭ ވަރަށް ބޭރަށް ދަތުރުކުރާމަހެކެވެ. މަހުގެ ކަންފަތްގަޑު ވަރަށް ދިގެވެ. މިކަންފަތްގަޑު ދެފިޔަފަތުގެ ގޮތުގައި ބޭނުންކޮށްގެން މަސް އޭގެ ދުޝްމަނުން ކިބައިން ސަލާމަތްވުމަށްޓަކައި އެއްތަނުން އަނެއްތަނަށް އުދުހިފައި ދިއުމަކީ ފުޅަނގީގައި ފާހަގަކުރެވޭ އެންމެ ބޮޑު އެއްސިފައެވެ. ފުޅަނގީގެ މިބާވަތުގެ ކުދިމަހުގެ އަނގައިގައި ކުރުނަރުވާއެއް ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަނޫކުލައެވެ. ބަނޑުދަށްފަރާތާއި މަހުގެ އަރިމަތީގެ ކުލައަކީ ރިހިހުދުކުލައެވެ. މަހުގެ ކޮތަރިތަކުގެ ކުލައަކީ އަޅިކުލައެވެ.

ރާއްޖޭގައި ތަފާތު ބާވަތްތަކުގެ ފުޅަނގި އުޅެއެވެ. ނަމަވެސް ދިވެހިން މިހުރިހާ ބާވަތްތަކަށްވެސް ކިޔާއުޅެނީ ފުޅަނގީގެ ނަމުން ކަމުގައިވާތީ މިބާވަތުގެ ފުޅަނގަށް ވަކި ޚާއްޞަނަމެއް ދިނުމުގެ ގޮތުން ޅަފުޅަނގީގައި ހުންނަ ފާހަގަކުރެވޭ މައިގަނޑު ސިފައަށާއި މަހަށްކިޔާ އިގިރޭސިނަމަށް ބަލާ "ނަރުވާ ފުޅަނގި" ކިޔާ ނަންދީފައިވަނީއެވެ. މިމަސް އެންމެ ބޮޑުވަނީ 20 ސެންޓިމީޓަރަށެވެ.

އިނގިރޭސި ނަން:: Barbel flying fish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!