މަސްވެރިކަމާއި ގުޅޭ

މަސްވެރިކަމުގެ މައުލޫމާތު: ބިލެއްދޫ ފާނަ މަސްވެރިން ލާރި ބަހާގޮތް!

ފ އަތޮޅު ބިލެއްދޫގެ ފާނަ މަސްވެރިންނަކީ ރާއްޖޭގައި ކުރާ އެހެން މަސްވެރިކަމާއި ތަފާތު ގޮތަކަށް ލާރި ބަހާ ބައެކެވެ. ދޯނީގެ ކެޔޮޅެކޭ އެންމެ އާދައިގެ ފަޅުވެރިއެކޭ ތަފާތެއް ނޯވެއެވެ. ފައިސާ ބަހަނީ އެންމެންނަށް އެއް ވަރަކަށެވެ.

އާންމުކޮށް ބިލެއްދޫ ފާނަ މަސްވެރިންވެސް ފާނަ ބާނަން ނުކުންނަނީ ހަފްތާއަކަށެވެ. އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރުކޮށް ހަފްތާއެއްގެ ތެރޭ ބޭނޭ ފާނަ ވިއްކާލުމަށްފަހު، ބުރާސްފައްޗަށް ރަށަށް އާދެއެވެ. އެ ހަފްތާގައި ދޯންޏަށްކުރާ ޚަރަދުގެ ތެރެއިން ތެލުގެ ޚަރަދާއި، ފަޅުވެރިންގެ ކެއުންބުއިމަށްދާ ޚަރަދު އަދި ބުޅި ކަންވާރުގެ ޚަރަދު އުނިކުރަނީ ހަފްތާގައި ލިބޭ ޖުމްލަ އާމްދަނީ އިންނެވެ. ޚަރަދު ކަނޑާ ބާކީވާ އަދަދު ދެބައިކޮށްލައެވެ. އެއްބައި ހުރިހާ ފަޅުވެރިންނަށް ހަމައަށް ބަހާލައެވެ. އަދި އަނެއްބައި އޮޑިވެރިއާށެވެ. އޮޑިވެރިއާއަށް ލިބޭ ބައިން ކޮންމެ ފަޅުވެރިއަކަށް "ބައިފަޅިއެއް" ދެއެވެ.

މިގޮތަށް ލާރި ބެހުމުން، ދޯނީގެ ފަޅުވެރިންގެ މެދުގައި ފައިސާ ލިބުމުގައި އެއްވެސް ތަފާތެއް ނުހުރެއެވެ. ލިބޭ އާމްދަނީއިން ޚަރަދު ކަނޑާ އެންމެން އެއްވަރަކަށް ފައިސާ ބަހާލަނީއެވެ.

އޮޑިވެރިއާއަށް ސާފު ފައިދާގެ ގޮތުގައި ލިބޭނީ %25 އިންސައްތައެެވެ. މި އާމްދަނީއިން ކޮންމެ ހަފްތާއަކު ކުރަންޖެހޭ ޚަރަދުގެ ތެރެއިން އަޑީ ތެލަށް ޒިންމާވަނީ އޮޑިވެރިއާއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އޮޑިވެރިން މުއްސަނދި ކުރުމުގެ ސިޔާސަތު. ތަފާތެއް ނެތް ތީތިކަން ކުރާ ގޮތް ގިނަ މީހުން. ބަދަލު ކުރަން ޖެހޭ އެބަ

Comments are closed.