މަސްވެރިކަމާއި ގުޅޭ

މަސްވެރިކަމުގެ އާންމު ޤަވާއިދުގެ 16ވަނަ މާއްދާ: ކެޔޮޅު ނުވަތަ މާސްޓަރ ކުރުން މަނާ ކަންތައް

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ 16 ވަނަ މާއްދާގެ ހ. ގެ 1 ގައި ބުނަނީ އެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ނެތް މީހަކު އެންވެރިކަން ކުރުމަށް، ނުވަތަ މަސްވެރިކަން ކުރުމަށް، ނުވަތަ މަސްވެރިކަމާއި ގުޅުންހުރި އެއްވެސް ކަމެއް ކުރުމަށް ފީނުވުމަކީ މަނާކަމެކެވެ.

އެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބުނަނީ ޤައުމީގޮތުން ނުވަތަ ބައިނަލް އަޤުވާމީގޮތުން ޤަބޫލުކުރާ ފީނުމުގެ ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓު ލިބިގެން މެނުވީ ވައިފުޅި އަޅައިގެން އެންވެރިކަން ކުރުން، ނުވަތަ މަސްވެރިކަން ކުރުން، ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ.

 

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!