މަސްވެރިކަމާއި ގުޅޭ

ކަނދުފައްޗަށް އެންއުކުމާއި، ކަނޑު އައިނަށް އެންއުކުމުގައި ހުރި ތަފާތު

މަސް ކަނދަށް އެންއުކާއިރު މަސްއައިން ހުންނަ ހިސާބު ނޭނގިދާނެއެވެ.

ވުމާއެކު، ކަނދުފައްޗާ ކައިރިން އެންއުކާނީއެވެ. މަސް އުޅޭކަމަށް ވަނީނަމަ، އެންކެއުމަށް މަސް ހަރަކާތްތެރިވާތަން ފެންނާނެއެވެ. ބައެއް ފަހަރު ކަނދުފަތީގައި އޮއިވާލިކޮށްގެން ތިބޭ ރޮނޑު ނުވަތަ މާނިޔަމަސް ކަހަލަ މަސްތައްވެސް އެންކަމުން ދޯންޏާއި ދިމާއަށް އަތުވެދާނެއެވެ. ކަނދުފަތި ކައިރިއަށް ދާކަމަށްވަނީނަމަ، އެ ކަނދެއްގެ މައުލޫމާތު ހޯދުމަކީ އެންމެ ރަނގަޅު ގޮތެވެ. އެގޮތުން ކުރީ ދުވަހެއްގައި އެ ކަނދަށް މަސްދޯންޏެއް ދިޔަތޯ ބަލައިލުން ރަނގަޅުވާނެއެވެ. އޭރުން ކަނދަށް ގޮސް އެންއުކަންވީ މިންވަރު އަންދާޒާ ކުރެވިދާނެއެވެ.

އަދި މީގެ އިތުރަށް ދޯނީގައި ހުންނަ ފިޝް ފައިންޑަރ ބޭނުންކޮށްގެން ކަނދުފަތީގައި މަސްއައިނެއް ހުރިނަމަ، ހުރި ފުންމިނެއް ބަލައިލުމުންވެސް އެން އުކަންވާ މިންވަރު އަންދާޒާ ކުރެވިދާނެއެވެ. އާންމުކޮށް ކަނދުފަތީގެ މަސްއައިން ހުންނާނީ ކަނދުގެ އޮއިމަތި ފަރާތުގައެވެ. މިހެންކަމުން، މަސް ކެއްވުމަށްޓަކައި، ކަނދުގެ އޮއިދަށް ފަރާތުން މަޑުމަޑުން ދޯނި ކުރިއަށް އަރުވަމުން ދާއިރު އެންއުކަން ފަށަންވީއެވެ. އެންއުކަން ފެށުމުން ކަނދުގެ ކައިރީގައި ތިބޭ އެހެނިހެން މަސްތައް އެންކާން ފަށައިފިނަމަ، ދޯނި ކައިރިއަށް ތާޒާ އެންވަށްޓެއް އެއްލަންވާނެއެވެ. ތާޒާ އެންތައް ދާނީ ސީދާ އަޑިއަށެވެ.

އެއިރުން މަސްއައިން އަޑީގައި ހުރިނަމަ ފެންނަން ފަސޭހެވާނެއެވެ. ކަނދުފަތި ކައިރީގައި މަސްއައިން ކައްވަން އެންއުކާ އިރު ވިއްސިގެން ދާހެން، ބޮޑު ސަރަހައްދަކަށް އެންއުކުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!