މަސްވެރިކަމާއި ގުޅޭ

Diving

ސެޓްފިކެޓް ނެތް މީހަކު ވައިފުޅި އަޅައިގެން އެންވެރިކަން ކުރުމަކީ މަނާކަމެއް

ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގައި ބުނާގޮތުން، ސެޓްފިކެޓް ނެތް މީހަކު ވައިފުޅި އަޅައިގެން އެންވެރިކަން ކުރުމަކީ މަނާކަމެކެވެ.

ސެޓްފިކެޓެއް ކަމަށް ގަބޫލުކުރާނީ ގައުމީގޮތުން ނުވަތަ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ، ފީނުމުގެ ތަމްރީނު ފުރިހަމަކޮށް ސެޓުފިކެޓު ލިބުމުންނެވެ.

މަސްވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީން ދޫކުރާ ލައިސަންސް ލިބިގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި، ފީނުމަށް ބޭނުންކުރާ އާލާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ ތަކެތި ސާވިސްކޮށް ބެލެހެއްޓުމަކީ އޮޑިވެރިޔާ ނުވަތަ އޮޕަރޭޓަރުގެ މައްސޫލިއްޔަތެއް ކަމަށްވެސް މި ގަވާއިދުގައި ވެއެވެ.

އޭގެ އިތުރުން، ސެޓުފިކެޓް ނެތް މީހަކ ލައްވާު އެންވެރިކަން ކުރުމާއި މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ކަމެއް ކުރުވުމަކީ ކެޔޮޅު ނުވަތަ މާސްޓަރު ކުރުން މަނާ ކަމެކެވެ. ސެޓުފިކެޓުގައި ހިމެނޭ މިންގަނޑާ ހިލާފަށް އެ ކަންކަން ކުރުން ވެސް މަނަލެވެ.

ކެޔޮޅު ނުވަތަ މާސްޓަރުގެ ޒިންމާގެ ތެރޭގައި، ފީނުމާއި މަސްވެރިކަމުގައި އުޅޭ މީހުންނަކީ އެފަދަ ހަރަކާތްތއް ހިންގޭފަދަ ހާލަތެއްގައި ހުރި މީހެއްކަން ޔަގީން ކުރުން ހިމެނެއެވެ.

އެހެންކަމުން ކެޔޮޅު ނުވަތަ މާސްޓަރު އެފަދަ ކަމެއް ކޮށްފިނަމަ، އޭނާއާ މެދުގައި ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ޕޮލިހަށް މައްސަލަ ފޮނުވޭނެއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ޖަދުވަލު 5 ގައި ވަކި ޖޫރިމަނާއެއް ކަނޑައެޅިފައި ނުވާ، ގަވާއިދާ ޚިލާފު ހަރަކާތްތަކާއި ފިޔަވަޅުތަކުގެ 1 އަދި 2 ގައި ފާހަގަ ކުރަނީ،  ފީނުމުގެ ސެޓްފިކެޓް ނެތް ފަރާތެއް ފީނުމުގެ ހަރަކާތެއްގައި ބައިވެރިކުރުވުމާއި އަދި މަސްވެރިކަމުގެ ބޭނުމަށް ފީނުމުގައި ބޭނުންކުރާ އާލާތްތަކަކީ ރައްކައުތެރި ނޫން އާލާތްތަކަށް ވެއްޖެނަމަ އަޅާނެ ފިޔަވަޅުތަކެވެ. އެ ގޮތުން މިއިން އެއްވެސް ހާލަތެއްގައި މީހެއްގެ ފުރާނައަށް ގެއްލުމެއް (މަރުވުން ނުވަތަ ދާއިމީ ހާނިއްކަ) ވެއްޖެނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރަން ހިމަނާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!