މަސްވެރިކަމާއި ގުޅޭ

viber_image_2022-02-19_02-42-34-210

ދ. މީދޫ ގިނަ ޒުވާނުން ދަނީ މަހަށް، މަސްވެރިންގެ %90 އަކީ ޒުވާނުން

ދ. މީދޫގައި މައިގަނޑު ގޮތެއްގައި ކުރަނީ ބޮޑުކަންނެލީގެ މަސްވެރިކަން އެކަންޏެވެ.

ވަރަށް މަދުން ނަމަވެސް ދެން ކުރަނީ ކަޅުބިލަ މަހުގެ މަސްވެރިކަމެވެ. ފަރު މަހުގެ މަސްވެރިކަން ވެސް ކޮންމެވެސް ވަރަކަށް އެރަށުގައި ކުރެއެވެ.

ދ. މީދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނަސީމް މި ނޫހަށް ވިދާޅުވީ، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ 22 ވަރަކަށް ދޯނި އެރަށުގައި އޮންނަ ކަމަށެވެ. މީދޫ މީހުނާއި އެހެން ރަށްރަށުގެ މީހުންވެސް އެ ދޯނިތަކުގައި އުޅޭކަމަށް ނަސީމް ވިދާޅުވިއެވެ.

މީދޫގައި ފަރުމަހުގެ މަސްވެރިކަން ކުރާ 9 އޮޅަނދު އޮވެއެވެ. އެއީ ކުދިބޮޑު ދޯނިފަހަރާއި ޑިންގީއާ އެކުގައެވެ. އެރަށުގައި މަސް ކެއްކުމާއި ރިހާކުރު ކެއްކުން ވަރަށް މަދުކަން ނަސީމް ފާހަގަ ކުރެއްވިއެވެ.

ނަސީމް ވިދާޅުވީ، އެރަށުގައި މަސްވެރިކަމުގައި އުޅޭ މީހުންގެ 90 އިންސައްތަ އަކީ ޒުވާނުން ކަމަށެވެ. އަދި އެހެން ވަޒީފާ ތަކަށް ވުރެ ބޮޑަށް، ޒުވާނުން މަސްވެރިކަމަށް ނުކުންނަ މިންވަރު އިތުރު ކަމަށެވެ.

"އެއީ ދެން އެ އިންޑަސްޓްރީގައި ހުރި ތަފާތު ކަމެއްހެން އަޅުގަނޑަށް ހީވަނީ. އެހެން ޖޮބެއްގަ އުޅުމާ، މަސްވެރިކަމުގަ އުޅުމާ ހުރި ތަފާތުތަކެއް ހުންނާނެ ނޫންތޯ" ނަސީމް ވިދާޅޫވީ، އެހެން ވަޒީފާ ތަކަށް ވުރެ މަސްވެރިކަން ފަސޭހަ ވުމުން، ޒުވާނުން މަސްވެރިކަމަށް ނުކުންނަ ކަމަށެވެ.

މީދޫގެ އާބާދީގެ 90 އިންސައްތަ އަށް، މަސްވެރިކަމުން ހޯދާ އާމްދަނީގެ ފައިދާ ކުރާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން ނަސީމް ވިދާޅުވީ، މީދޫ މަސްވެރިންނަކީ ވަރަށް ބުރަ މަސައްތެއް ކުރާ ބައެއް ކަމަށެވެ. އަދި މީދޫގެ ތަރައްގީއަށް ވެސް ގިނަ މަސައްކަތްތަކެއް ކުރާ ބައެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!